- Advertisement -ad image

މަޝްއަރު ގްރޫޕުގެ ހުރިހާ އުމްރާވެރިންނަށް ރާއްޖެ އާދެވޭގޮތް ހަމަޖައްސައިފި

ad image

ގުޅުންހުރި ލިޔުންތައް


އަލްމަޝްއަރު ޙައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ އެންމެވެސް ރާއްޖެ އައުމުގެ އިންތިޒާމު އެ ގްރޫޕުން މިހާރު ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ބުނެފިއެވެ.
މަޝްއަރު ގްރޫޕުން އުމްރާއަށް ދިޔަ މީހުންގެ ތެރެއިން ބައެއް މީހުންނަށް އަނބުރާ ރާއްޖެ އައުމުގެ އިންތިޒާމް ހަމަޖައްސައިފައި ނުވުމުގެ މައްސަލައެއް އިސްލާމިިކް މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށް އެ މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.
އަލް މަޝްއަރު ޙައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި މިއަހަރުގެ ރަމަޟާންމަހު 207 މީހަކު އުމްރާއަށް ގޮސްފައިވެއެެވެ. އަދި އެމީހުން ޢުމްރާއަށް ގެންދަން ފްލައިޓް ޗާޓަރުކުރި ދިވެހި ކުންފުންޏަށް އެއްލައްކަ ސާޅީސް ހާހަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހެއެވެ. ނަމަވެސް އަލް މަޝްއަރު ގްރޫޕުން އެ ފައިސާ ދައްކަން ދިން ދެ ޗެކްވެސް ވަނީ ބައުންސް ވެފައެއެވެ. މިކަން އިސްލާމިކް މިނިސްޓްރީން ގާތުން ބަލަމުން އަންނަކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އަދި ޢުމްރާވެރިންނަށް ރައްކަތެރިކަމާއެކު ވީހާވެސް އަވަހަށް ރާއްޖެ އާދެވޭނެ ގޮތް ހަމަޖެއްމަށް އެ ގްރޫޕަށް މިނިސްޓްރީން އެންގިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާވެރިންގެ ފްލައިޓް ޓިކެޓާއި، ރާއްޖެ އައުމުގެ އިންތިޒާމްތައް ހަމަޖައްސައި، އެކަމުގެ ތަފްޞީލު، އެ ގްރޫޕުން މިހާރު މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. އަލް މަޝްއަރު ގްރޫޕްގެ ޢުމްރާވެރިން މިއަދާއި މާދަމާ އަދި ހުކުރު ދުވަހުގެ ފްލައިޓްތަކުން ރާއްޖެ އަންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އަލް މަޝްއަރު ގުރޫޕާގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނަކަމަށެވެ. އެގޮތުން ސައޫދީ އެއަރލައިންސްގެ ފްލައިޓެއްގައި އެ ގުރޫޕުން ގެންދިޔަ 70 ވަރަކަށް މީހުންގެ ރިޓާން ޓިކެޓްގެ ފައިސާ ނުދައްކާ މައްސަލަ ވެސް އުޅޭކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސައޫދީ އެއާލައިންސަށްވެސް މަޝްއަރު އުމްރާ ގުރޫޕުން 90 ހާސް ޑޮލަރު ދައްކަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ