- Advertisement -ad image

ޗާގޯސް މައްސަލާގައި ސަރުކާރުން ކޮށްފައިވަނީ އެންމެ ބޮޑު ހިޔާނާތް: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ޗާގޯސް މައްސަލައިގައި ދިވެހި ރައްޔިތުންގެ ބަހެއް ހޯދުމަކާ ނުލާ ސަރުކާރުން ކޮށްފައިވަނީ އެއްމެ ބޮޑު ޚިޔާނާތުގެ އަމަލު ކަމަށް މާލެސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސަރަޙައްދުން އެންމެ އަކަ އިންޗިއެއްވެސް ބޭރު ބަޔަކަށް ދޫ ކޮށްލުމަކީ ޤަައުމުގެ އިސްތިޤްލާލަށް ދެވޭ ޙަމަލައެއް ކަމަށެވެ.

ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިންމުމަށް ތާވަލު ކޮށްފައި ވަނީ ހުކުރު ދުވަހުއެވެ.
އިޓްލޮސް އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ މި މައްސަލައިގައި ގޮތެއް ނިންމުން އޮންނާނީ މާދަމާ 11:00 ގައި ކަމަށެވެ. އެއީ ރާއްޖެ ގަޑިން ހެނދުނު 8:00 އެވެ.
މި މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރައްވަނީ ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތާއި ބަންޑާރަ ނައިބުގެ ނައިބު، ހަދީޖާ ޝަބީން އެވެ.
ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތު އޮތުމަށް ދިވެހިން ނުރުހޭކަން ހާމަކޮށް އިންޓަނޭޝަނަލް ޓްރިބިއުނަލް އޮން ދި ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށްރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސިޓީފުޅެއް ފޮނުވަން ވެސް ވަނީ ނިންމާފައެވެ.
ޒަމާނުއްސުރެ ރާއްޖެއިން ދަމަހައްޓަމުން އައި ސިޔާސަތެއް ބަދަލުކޮށް ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ފުރިހަމަ ސިޔާދަތީ ބާރު އޮންނާނެކަން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ޤަބޫލުކޮށް، އދ.ގެ އާންމު މަޖިލީހުގައި ޗާގޮސްގެ ސިޔާދަތާ ގުޅޭ ގޮތުން ދެން ނަގާ ވޯޓެއްގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކުން އަންގަވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ