- Advertisement -ad image

އިސްލާމްދީން ދެކޭގޮތުގައި ކަންދެއްކުމަކީ ޝިރުކުގެ ބާވަތެކެ: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


އިސްލާމްދީން ދެކޭގޮތުގައި ކަންދެއްކުމަކީ ޝިރުކުގެ ބާވަތެއް ކަމަށާއި އަހަރުމެންގެ ރަނގަޅު އަމަލުތައް ނުބައި އަމަލުތަކަށް ބަދަލުކޮށްލާ އެންމެ ވަރުގަދަ ބާރަކީ ކަންދެއްކުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކީ “ އަމަލުތަކުގައި އިހުލާސްތެރިވުން” މިއެވެ.
އަމިއްލަ އެދުންތައް ބޮޑުވެ ތާރީފުކުރުމަށް ލޯބިކުރެވުނު ވަރަކަށް އިހުލާސްތެރިކަމުގެ ބައްތި ކަނިވަމުންދާނެ ކަމަށާއި ފަހުރުވެރިވުމަށާއި މަޝްހޫރު ވުމަށް ލޯބިކުރެވުނު ވަރަކަށް އިހުލާސްތެރިކަން ފަނޑުވަމުންދާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
“ އަދި الله ގަބޫލުކުރައްވަނީ އެއްވެސް ކިލަނބުކަމެއް ނެތް ސާފު ސާލިހު އަމަލުތަކެވެ” ހުތުބާ

އިހުލާސްތެރިކަން އެންމެބޮޑަށް ބޭނުންވާ މައިދާނަކީ އިލްމާއި ސަގާފަތުގެ މައިދާނެވެ. މާތް الله އިންސާނާއަށް ދެއްވި އެންމެ މާތް އެއް ނިއުމަތަކީ އިލްމް ކަމުގައިވާއިރު، މި އިލްމް ނުބައި މަގުސަދެއްގައި ބޭނުންކުރެވިގެން ނުވާނެއެވެ. މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ނިއުކުލިއަރ ހަތިޔާރުގެ ބިރާއި ތިމާވެށި ހަލާކުވުމުގެ ބިރުގެ އެންމެ ބޮޑު ސަބަބަކީ އިލްމްވެރިން އީޖާދުކުރި ގެއްލުންހުރި އީޖާދުތަކެވެ.
އިސްލާމްދީން މުދައްރިސުންނަށާއި ކިޔަވައި ކުދިންނަށް ގޮވާލަނީ އިލްމް އުނގެނުމާއި އުނގަންނައި ދިނުމުގައި އާއްމު މަސްލަހަތު ކުރިއަށް ނެރުމަށެވެ. ބޮޑާކަމާއި މޮޅުކަން ދެއްކުމަށްޓަކައި އިލްމް އުނގެނުމަކީވެސް އިސްލާމްދީނުގައި މަނާކުރައްވާފައިވާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ