- Advertisement -ad image

މިހާރުވެސް ދާ ޖަހައިގެން ޗާގޮސް ކަނޑުން މަސް ނަގަން ފަށައިފި: ސެމްބެ

ad image

ގުޅުންހުރި ލިޔުންތައް


ޗާގޯސްގެ ކަނޑުގެ ސަރަހައްދު މޮރިޝަސްއަށް ލިބުމާއެކު، މިހާރުވެސް އެ ސަރަހައްދުން ދާ ޖަހައިގެން މަސް ނަގަން ފަށައިފަވާ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެ އެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިދިޔަ ހުކުރު ރާއްޖެ-މޮރިޝަސްއާ ފުށުއަރާ ސަރަހައްދު ދެގައުމަށް ހަމަހަމައަށް ބަހަން ނިންމުމާއެކު، ރާއްޖޭގެ މަސްވެރިންނަށް ދެކުނުގައި ކުރިން މަސްވެރިކަން ކުރެވޭ 45،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް މިހާރު ގެއްލިގެން ގޮސްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން ސެމްބެ މިއަދު ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ އެ ސަރަހައްދުގައި ދާ ޖަހައިގެން މަސްވެރިކަން ކުރަމުންދާ ކަމުގެ ހެކި ވެސް ހިއްސާ ކުރައްވާފަ އެވެ.
“މެރިން ޓްރެފިކް އެޕުން މިހާރުވެސް ލައިވްކޮށް ފެންނަނީ މި މަންޒަރު ސާފުކޮށް. ދާ ޖަހައިގެން މަސް ނަގަމުން މިދަނީ. މި ވެރިކަން ނިންމަން ހިނދުކޮޅެއް ލަސްކުރަން ތިބެވޭކަށް ނެތް،” ސެމްބެ ވިދާޅުވި އެވެ.


އެ މައްސަލައާ ގުޅިގެން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ލިޔުއްވާފައިވާ ލިޔުމެއްގައި ވެސް ފާހަގަކުރި ގޮތުގައި، ޗާގޯސްގެ ކަނޑަކީ ދުނިޔޭގެ އެކި ކަނޑުތަކުގައި އުޅޭ ބޮޑު ކަންނެއްޔާ ކަޅުބިލަ މަސް ބިސް އަޅަން އަންނަ ސަރަހައްދެކެވެ.
އެ ސަރަހައްދު ގައި ބޮޑުދާ އަޅަން ފަށައިފި ނަމަ ގެއްލުންވަނީ ހަމައެކި ދިވެހި ރާއްޖެއަކަށް ނޫނެވެ. މުޅި ދުނިޔެއަށް އެކަމުގެ އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ބޮންޑެ ވިދާޅުވި ގޮތުގައި މޮރިޝަސް ފޯޅަވަހި މަސްކަނޑު ހޯދައިދިނުމުގެ އަޑީގައި ފިލާ ތިބީ ދުނިޔޭގެ ކަޑުކަހާ ބޮޑުދާ އަޅާ ކުންފުނިތަކުގެ ބޯޓުތަކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ