- Advertisement -ad image

ދައުލަތެއް ހިންގަން ދައުލަތެއްގެ ދުޝްމަނުން މިނޫނީ ދުނިޔޭގެ ތާރީހުގައި ތިބެފައި ނެތް: ޑރ.މުނައްވަރު

ad image

ގުޅުންހުރި ލިޔުންތައް


އެމްޑީޕީގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ނޫނީ ދައުލަތެއް ހިންގުމަށް ދައުލަތެއްގެ ދުޝަމަނުން ތިބެފައި ނެތްކަމަށް ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދެކުނުން ޗާގޮސްއާއި ރާއްޖެއާ ދެމެދުގައި އޮތް ކަނޑުގެ ސަރަހައްދުގެ އިންވަކިކުރުމާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން ނިންމި ނިންމުމާ ގުޅިގެން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ.މުނައްވަރު ވިދާޅުވީ އެ މައްސަލަ އިޓްލޮސްއަށް މޮރިޝަސްއިން ހުށަހެޅި ހިސާބުން ފެށިގެން ރާއްޖެއިން އުޅުނީ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ހަމަހަމައަށް ބައިކޮށްފައި ބަހައިނުލެވިގެން ކަމަށެވެ.
އެގޮތުން މުނައްވަރު ފާހަގަކުރެއްވީ އެ ކަނޑުގެ ސަރަހައްދަކީ ދިވެހިންގެ އިޤުތިޞާދާ ގުޅިފައިވާ ދިވެހިން މަސް ބޭނުމަށް ބޭނުންކުރަމުން އައި ސަރަހައްދެއްކަން އިޓްލޮސްގެ އަޑުއެހުމުގައި ދިވެހިރާއްޖެއިން ފާހަގަނުކުރާ ކަމަށެވެ. “އަޅުގަނޑުމެންނަކީ ތިޔަ ކަނޑުން މަސްބާނައިގެން ކައިގެން ބޮއެގެން އުޅޭ ބައެކޭ. އަޅުގަނޑުމެންގެ ދިރިއުޅެނީ ތިޔަ ކަނޑުން ހޯދާ ރިޒުޤުންނޭ. މިއިން ވާހަކައެއް ދެއްކީއެއް ނޫން،” މުނައްވަރު ފާހަގަކުރެއްވިއެވެ.
އިތުރަށް މުނައްވަރު ފާހަގަކުރެއްވީ މޮރިޝަސްއަކީ މަސްވެރިކަންކުރާ ޤައުމެއް ނޫންކަމަށާއި، އެ ޤައުމަކީ މުޅިންވެސް އެހެން މީހުންނަށް އެ ޤައުމުގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަން ލައިސެންސް ދޫކުރާ ޤައުމެއް ކަމަށެވެ. ކަނޑުގައި މަސްވެރިކަންކުރަން ލައިސެންސް ދޫކުރާ ބަޔަކަށް ކަނޑުގެ ބައެއް ދޫކޮށްލި އެ ވާހަކަ ނުދެއްކީ ކީއްވެތޯވެސް އޭނާ ސުވާލުއުފެއްދެވިއެވެ.
އިތުރަށް ޑރ.މުނައްވަރު ފާހަގަކުރެއްވީ ޗާގޮސްއަކީ ބަޔަކު ދިރިއުޅޭ ތަނަކަށް ނުވާއިރު، އިކޮނޮމިކް އެކްސްކުލޫސިވް ޒޯން ނުވަތަ އިޤުތިޞާދީ ޚާއްޞަ ސަރަހައްދަކީ އިންސާނީ އިޤުތިޞާދީ އިޖުތިމާއީ މަފުހޫމެއް ކަމަށެވެ. މީހުން ދިރިނޫޅޭ ތަނަކަށް އިޤުތިޞާދީ ޚާއްޞަ ސަރަހައްދު ކަނޑައެޅުމަކީ ކުރެވިދާނެ ކަމެއް ނޫންކަމަށް ވަކާލާތުކުރެވެން އޮއްވައި އެ ނުކުތާވެސް ފާހަގަކޮށްފައި ނެތްކަމަށެވެ.

މިހުރިހާ ކަމެއް ފާހަގަކުރައްވައި ޑރ.މުނައްވަރު ވިދާޅުވީ މިރާއްޖޭގައި ނޫނީ ދައުލަތުގެ ދުޝްމަނުން ދައުލަތް ހިންގަން ތިބި ތަނެއް މުޅި އިންސާނީ ތާރީޚުންވެސް ނުފެންނަ ކަމަށެވެ. ރާއްޖޭގެ ދުޝްމަނުންނަކީ ރައީސުލްޖުމްހޫރިއްޔާއާއި ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރުގެ އިތުރަށް ޚާރިޖީވަޒީރުކަމުގައިވެސް ޑރ.މުނައްވަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ