- Advertisement -ad image

މި މަހު 15 އިން ފެށިގެން މާލެސިޓީ ކައުންސިލްގެ މަގުފާރަވެރިން ހަރަކާތްތެރިވާން ފަށަނީ

ad image

ގުޅުންހުރި ލިޔުންތައް


މި މަހުގެ 15 އިން ފެށިގެން މާލެއާއި ވިލިމާލޭގެ މަގުތައް ބަލަަހައްޓަން މާލެސިޓީ ކައުންސިލްގެ 80 މުވައްޒަފުން މަގުފާރަވެރިން ނުވަތަ ކޮމިޔުނިޓީ އެންގޭޖްމެންޓް އޮފިސަރުންގެ ގޮތުގައި ހަރަކާތްތެރިވާން ފަށާނެކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލެސީޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުޢިއްޒު ވިދާޅުވީ މަގުފާރަވެރިންނަކީ ކައުންސިލްގެ މިދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެއް ކަމަށާއި، މި މަޝްރޫޢުގެ މަޤްޞަދަކީ މާލެސިޓީގެ މަގުތަކާ ގުޅޭ ހުރިހާ މައްސަލަތަކެއް ހައްލުކުރުން ކަމަށެވެ.
މޭޔަރ ވިދާޅުވީ ގިނަފަހަރު މަގުމަތީގެ ކަންކަން ބަލާނެ މީހެއް ނެތުމުން، މައްސަލަތައް ދިމާވެގެން ރިޕޯޓު ކުރަން ޖެހެނީ އާންމު ފަރާތްތަކުން ކަމަށާއި ސީދާ ކައުންސިލްގެ މުވައްޒަފުން ނުކުމެ މަގުތައް މޮނިޓާ ކުރާނަމަ މައްސަލަތައް މަދުކުރުމަށް އެހީއަކަށް ވެގެންދާނެ ކަމަށެވެ.

މި ސަބަބަށްޓަކައި އެކަން ކުރަން ކައުންސިލުން ނިންމާ ކައުންސިލްގެ 80 މުވައްޒަފުންގެ ޓީމެއް މި މަހުގެ 15 އިން ފެށިގެން މާލެއާއި ވިލިމާލޭގެ މަގުތަކުގައި ހަރަކާތްތެރިވާން ފަށާނެ ކަމަށް މޭޔަރ މުޢިއްޒު ވިދާޅުވި އެވެ. އެމީހުން މަގުތަކުގައި ހަރަކާތްތެރިވާނީ އެކަމަށް ޚާއްސަ ޔުނީފޯމެއް އަޅައިގެންނެވެ.

މަގުފާރަވެރިން މަގުތަކުގައި ހަރަކާތްތެރިވާނީ ދެ ޝިފްޓަކަށް ބަހާލައިގެންނެވެ. ރޭގަނޑު 12 އިން 8 އަށް ފިޔަވާ ހުރިހާ ވަގުތެއްގައި މަގުތަކުގައި ޑިއުޓީ ކުރާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
މި މަސައްކަތް ފެށުމުގެ ގޮތުން މިހާރު ކުރިއަށްދަނީ މުވައްޒަފުން ތަމްރީނު ކުރުމާއި، ހުރިހާ މުވައްޒަފުންގެ ޔުނީފޯމު ހަމަކުރުމުގެ މަސައްކަތްތައް ކަމާއި އެކަންކަން އަންނަ ހަފްތާގެ ތެރޭގައި ނިމި ޚިދުމަތްފެށޭވަރު ވާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

ކައުންސލްގެ މުވައްޒަފުން އެންމެ ފުރަތަމަ މަސައްކަތް ކުރާނީ އެމީހެއްގެ އެއްބާރުލުމާއެކު މައްސަލަ ހައްލު ކުރަން ކަމަށް މޭޔަރު ވިދާޅުވި އެވެ. ނަމަވެސް މަރުހަލާތަކަށްފަހު ވެސް މައްސަލަ ހައްލު ނުކޮށްފިނަމަ، ފިޔަވަޅު އަޅައި ޖޫރިމަނާވެސް ކުރާނެ އެވެ.
މި މުވައްޒަފުންނަށް މަގުފާރަވެރިން ކިޔަން ކުރިން ނިންމާފައި އޮތް ނަމަވެސް އެ ނަން “ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސާސް” އަށް ބަދަލުކުރަން އިއްޔެ ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. ނަން ބަދަލުކުރަން ނިންމި ސަބަބެއް ކަމަށް މޭޔަރު ވިދާޅުވީ އެއީ ކޮމިއުނިޓީއާ ވަރަށް އެންގޭޖުވާ މަސައްކަތަކަށް ވެފައި، މީހުން ކުށްވެރިކުރަން ކުރާ ކަމަކަށް ނުވާތީ އެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ