- Advertisement -ad image

ގައުމުގެ އިމަކީ ބޮޑު އަމާނާތެއް، ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖްލީހަށް ވެއްދުމަކީ ގައުމީ މަސްލަހަތެއް: ސަލަފުގެ ރައީސް

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މަގާމުން ދުރުކުރަން ޖަމިއްޔަތުލް ސަލަފުގެ ރައީސް އައްޝެއިހު އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ގޮވާލައްވައިފިއެވެ.
ޝެއިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗާގޯސް މައްސަލައިގާ ގައުމާއި ރައްޔިތުންނަށް ޚިޔާނާތްތެރިވެފައިވާތީ، ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖްލީހަށް ވެއްދުމަކީ ޤައުމީ މަސްލަހަތެއް ކަމަށެވެ.
އަދި މިއީ ރާއްޖޭގެ ޖިއޮގްރަފީ އިމާ ގުޅިފައިވާ ސަރަޙައްދީ ސިޔާދަތީ ސީރިއަސް މައްސަލައެއް ކަމަށާއި މައްސަލަ ބެލެވެންޖެހޭ ކަމަށް ޝެއިހު ވިދާޅުވިއެވެ.
“ ގައުމުގެ އިމަކީ ބޮޑުއަމާނާތެއް “ ޝެއިހު އަބްދުالله ވިދާޅުވިއެވެ.
ޝެއިހު މިފަދަ ޓުވީޓެއް ކުރައްވާފައި މިވަނީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިޓްލޮސްއިން ކުރި ހުކުމާއެކު ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާ ކަމަށް ވާތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ބައެއް ޕާޓީތަކުން މަޝްވަރާ ކުރި ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ