- Advertisement -ad image

30 މީހުނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް ގެއްލިގެން ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް


މާލެއިން ފުރައިގެން ދ.މީދޫ އަށް ދަތުރުކުރި ވިޝަން އެކްސްޕްރެސް ލޯންޗް ގެއްލިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، މާލެއިން ފުރައިގެން ދ. މީދޫ އަށް ދަތުރުކުރި ވިޝަން އެކްސްޕްރެސް ލޯންޗެއް ފ. ފީއަލި އާާއި 7 ނޯޓިކަލް މޭލު ބޭރުން ރާޅެއް އަރައިގެން ދިޔަވާތީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ލޯންޗުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 30 މީހުން ތިބި ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ، މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބުމުން އެ ސަރަހައްދާ ކައިރީގައި އޮންނަ ފ. ފިލިތެޔޮ ރިސޯޓުން ދޯންޏަކާއި، ފ. ފީއަލިން ދޯންޏަކާއި ލޯންޗެއް ފުރާފައިވާކަމަށެވެ. އޭގެ އިތުރުން ކޯސްޓް ގާޑުގެ ހާބާ ކްރާފްޓެއް ވެސް އެ ދިމާލަށް ދަތުރުކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިހާރު އެ ލޯންޗާ މުއާސަލާތެއް ނުކުރެވެއެވެ. އަދި ލޯންޗު އޮތް ތަނެއް ސީދާ ނޭނގޭ ކަމަށް ވެސް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ