- Advertisement -ad image

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލި ޝަހުބާނު ހޯދައިފި

ad image

ގުޅުންހުރި ލިޔުންތައް


ފުލުހުންގެ ބަންދުގައި ހުއްޓާ ފިލުމާ ގުޅިގެން ހޯދަމުންދިޔަ އއ. ހިމަންދޫ /ދަބުގެ، ޙުސައިން ޝަޙްބާން ފެނިއްޖެއެވެ.
ފުލުހުން ބުނީ ޝަހުބާނު ފެނުނީ މިއަދު އިރުއޮއްސި 18:35 އެހައިކަންހާއިރު އއ. ރަސްދޫއާ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރެއިން ފެނިފައި ކަމަށެވެ.
އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަަށް ބުނެއެވެ.
ފުލުހުންގެ ބެކުމުގެ ދަށުގައި ރަސްދޫ ޕޮލިސް ސްޓޭޝަނުގައި ހުއްޓާ ަޝަހުބާނު ފިލާފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ.
ޙުސައިން ޝަޙްބާން އަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ހުރި މީހެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ