- Advertisement -ad image

ނަޝީދުގެ ސެކިއުރިޓީއަށް މުޅި ދައުލަތުގެ ބަޖެޓު ހުސްކުރިއަސް ހިތްހަމައެއް ނުޖެހޭނެ: ޝަރީފު

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ރައީސް ނަޝީދުގެ ސެކިއުރިޓީއަށް މުޅި ދައުލަތުގެ ބަޖެޓު ހުސްކުރިއަސް އެމަނިކުފާނު ހިތްހަމަޖެހިވަޑައި ނުގަންނަވާނެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.
ނަޝީދު އަށް ދިން ހަމަލާގެ ތަހުގީގު ސަރުކާރުން އެންމެ އެދެވޭ ގޮތެއްގައި ކުރަމުންނުދާ ކަމަށް ބުނެ ނަޝީދުގެ އަރިސް ބޭފުޅުން ދަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. މިކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓުވީޓެއްގައި ޝަރީފު ވިދާޅުވީ، މުހައްމަދު ނަޝީދުގެ ސެކިއިރިޓީ ބަލަހައްޓަން ހިނގާ ހަރަދު ދައުލަތުގެ އެހެން ހުރިހާ ވެރިންނަށްވުރެ ބޮޑު ކަމަށެވެ.
“ އެކަމަކު ސެކިއުރިޓީ ދޭ ކަމަކަށްނުވޭ. ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ތަހުގީގުކޮށް ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތް ހިންގަމުންދަނީ އިންސާފުލިބޭ ކަމަކަށް ނުވޭ “ ޝަރީފު ވިދާޅުވިއެވެ.
މަވޯޓާ ޝަރީފު އިތުރަށް ވިދާޅުވީ، ނަޝީދުގެ ސެކިއުރިޓީއަަށް މިހާރުވެސް ސަރުކާރުން 52 މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށެވެ.
އަދި މިވަރުން ނުވެގެން މުޅި ދައުލަތުގެ ބަޖެޓު ހުސްކޮށް ނަޝީދަށް ސެކިއުރިޓީ ދޭން ހަރަދު ކުރިއަށް ހިތް ހަމަ ނުޖެހޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ނަޝީދު ތިޔައީ މިގައުމަށް ދިމާވެފައި އޮތް ބޮޑު ބލ ވެރިކަމެކެވެ. ވެރިކަމުގައި ހުރިއިރުވެސް އަދި ވެރިކަމުން ބޭލުވީމާވެސް އެވެ. ތިޔަ ނޮފޮރުއްޕާނުން މި ގައުމު މިންޖުވާނީ ކޮން ދުވަހަކުން ބާވައެވެ؟

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ