- Advertisement -ad image

އެހެން ޕާޓީއަކުން ކުރިމަތިނުލި އިންތިހާބެއްގައި ވާދަކޮށް އެމްއެންޕީއަށް ކައުންސިލުގެ ގޮނޑިއެއް ލިބިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ހޮނިހިރު ދުވަހު ބޭއްވި އދ ދިއްދޫ ކައުންސިލްގެ ބައި އިލެކްޝަންގެ ގޮނޑި އެމްއެންޕީން ކާމިޔާބުކޮށްފިއެވެ.
މި ގޮނޑި އެމްއެންޕީއަށް ލިބުނީ އެ އިންތިހާބުގައި އެހެން އެއްވެސް ސިޔާސީ ޕާޓީއަކުން ވާދަ ނުކުރުމުން އަމިއްކަ ގޮތުން ކުރިމަތިލި ކެންޑިޑޭޓަކާ ވާދަކޮށެވެ.
އެގޮތުން ކައުންސިލްގެ ގޮނޑި އަށް ވާދަ ކުރި އެމްއެންޕީގެ ކެންޑިޑޭޓު އަނީސް މުހައްމަދަށް ލިބުނީ 62 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓު ރަޝީދާ އާދަމް އަށް ލިބުނީ 57 ވޯޓެވެ.
އެހެން ކަމުން އެމްއެންޕީގެ ކެންޑިޑޭޓު އަނީސް އަށް ކައުންސިލްގެ ގޮނޑި ލިބުނީ 5 ވޯޓު އިތުރުވެގެންނެވެ.

ކައުންސިލްގެ މެންބަރަކު އިސްތިއުފާ ދިނުމުން މެންބަރަކު އިންތިހާބު އިންތިހާބު ކުރުމަށް މިއަދު ނެގުނު ވޯޓްގައި 147 މީހަކަށް ވޯޓް ލުމުގެ ހައްގު ލިބިފައި އޮތެވެ. ވޯޓްލީ 119 މީހުންނެވެ.
މިއީ އެމްއެންޕީއަށް ކައުންސިލްގެ ގޮނޑިއެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. ނަމަވެސް އެ ޕާޓީއާ ފަހުން ގުޅުނު ބައެއް ކައުންސިލަރުން އެބަ ތިއްބެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ