- Advertisement -ad image

ކަނޑުގެ މައްސަލައިގެ ތެރެއިން ރައީސް ސޯލިހު ގިނިކަންޏާ ކަނޑުވާތަން އެބަ ފެނޭ: ޝުޖާއު

ad image

ގުޅުންހުރި ލިޔުންތައް


ކަނޑުގެ މައްސަލައިގެ ތެރެއިން ރައީސް ސޯލިހު ގިނިކަންޏާ ކަނޑުވާތަން ފެންނަ ކަމަށާއި ރާއްޖޭގެ ކަނޑުން ވިއްކާލި ބައި ހޯދުމަށް ޓަކައި ޕީޕީއެމުން އެއްވެސް ކަމެއް ނުކޮށް ނުބާއްވާނެ ކަމުގެ ޔަޤީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާަޅުވެއްޖެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލުވާލި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ބައްދަލުކޮށް މަޝްވަރާކުރީ ހޯމަ ދުވަހުއެވެ.
މިކަމަށް އިޝާރާތް ކުރައްވާ ޝުޖާއު ވިދާޅުވީ ކަނޑުން ވިއްކާލި ސަރަހައްދު އަނބުރާ ހޯދުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވުމަށް ތައްޔާރަށް ތިއްބެވި ކަމަށެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސްއާއި ރާއްޖޭގެ މެދުގައި ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިންވަކިކުރި މައްސަލާގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމާ ގުޅިގެން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމަށް ތާއީދުކުރަން ނިންމާފައިވާ 3 ޕާޓީ ފިޔަވައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއް ވަނީ އެއްގަލަކަށް އަރައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ