- Advertisement -ad image

މާލެސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުން މިމަހު 20 ގައި

ad image

ގުޅުންހުރި ލިޔުންތައް

ރަމަޟާން މަހަށް ޚާއްޞަކޮށްގެން މާލޭ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި މަދަޙަ އަދި ޤުރުއާން މުބާރާތް 1444 ގެ ނަތީޖާ ފާޅުކުރުމުގެ ޙަފްލާ މެއި 20 ގައި ބޭއްވުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން މާލެސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ https://www.gazette.gov.mv/iulaan/239600 ނަތީޖާ ފާޅުކުރުން އޮންނާނީ 20 މެއި 2023 ވާ (ހޮނިހިރު) ދުވަހުގެ ރޭ 20:30 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތުގެ ރެކޯޑިންތައް ރަމަޟާންމަހުގެ ކުރިން ނިންމާ ރަމަޟާން މަހު ވަނީ މި ދެ މުބާރާތް މާލެ ސިޓީ ކައުންސިލްގެ ޔޫޓިއުބް ޗެނަލް އާއި ދިވެހި ޗެނަލް އަދި ސަންގުޓީވީ މެދުވެރިކޮށް ދުރަށް ދައްކަންފަށާފައެވެ.
މާލެސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތް 1444 ގެ ރެކޯޑިންގެ ތެރެއިން މޭޔަރ މުޢިއްޒު މުބާރާތުގައި ބައިވެރިވި ކަމުގެ ހަނދާނީ ލިޔުން އަރުވަނީ.

މި ދެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 6 އުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ.

ހަތަރު ވަނަ ދައުރުގެ ކައުންސިލުން 1443 ވަނަ އަހަރުގެ ރަމަޟާން މަހު މުޅިން އަލަށްފެށި މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 428 ބައިވެރިންނެވެ. އެއީ ޤުރުއާން މުބާރާތުގައި 293 ބައިވެރިން އަދި މަދަޙަ މުބާރާތުގައި 135 ބައިވެރިންނެވެ.

ބޮޑެތި އިނާމް ތަކަކާއިއެކު ކައުންސިލުން ފުރަތަމަ ބޭއްވި މުބާރާތާއި އަޅާ ބަލާއިރު މި އަހަރުގެ މުބާރާތުގައި ބައިވެރިވި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނިމިދިޔަ އަހަރެކޭ އެއްފަދައިން 1444 ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި ދެ މުބާރާތުގައި މިއަހަރު ވަނީ 1060 ކުދިން ބައިވެރިވެފައެވެ. އެއީ ޤުރުއާން މުބާރާތުގައި 756 ބައިވެރިން އަދި މަދަޙަ މުބާރާތުގައި 304 ބައިވެރިންނެވެ.
1443 ވަނަ އަހަރެކޭ އެއްފަދައިން މިއަހަރުގެ މުބާރާތުގައިވެސް ބައިވެރިންނަށް އަގުހުރި އިނާމްތަކެއްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތުގެ އިނާމް ދިނުމުގެ ޙަފްލާވެސް ޓީވީ މެދުވެރިކޮށް ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ