- Advertisement -ad image

ޗާހޮސް މައްސަލައިގައި ސަރުކާރުން ހެދި ސިއްރު ޑީލްތައް ފަޅާއަރާނެ: ޑރ.ހަލީލް

ad image

ގުޅުންހުރި ލިޔުންތައް

ޗާގޮސްގެ މައްސަލާގައި ސަރުކާރުން ހެދި ސިއްރު ޑީލްތައް ފަޅާއަރާާނެ ކަމަށާއި އަދި އެކަމަށް ޖަވާބުދާރީ ކުރުވޭނެ ދުވަސް އޮތީދާދި ކައިރީގައި ކަމަށަ ޕީޕީއެމްގެ ކުރީގެ ތަރުޖަމާނު އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ޑރ ހަލީލް ވިދާޅުވީ ފޯޅަވަހީގެ މައްސަލާގައި ގިނަ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމުޢިއްޔާތައް ނުކުމެ އެކުގައި މަސައްކަތް ކުރަން ފެށުމުން ބުނެދެނީ ރާއްޖޭގެ ދިފާއުގައި ދިވެހިން ތެދުވާނެކަންކަމަށެވެ.

“ފޯޅަވަހީގެ މައްސަލާގައި ގިނަ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމުޢިއްޔާތައް ނުކުމެ އެކުގައި މަސައްކަތް ކުރަން ފެށުމުން ބުނެދެނީ ރާއްޖޭގެ ދިފާއުގައި ދިވެހިން ތެދުވާނެކަން. މިމައްސަލާގައި ސަރުކާރުން ހެދި ސިއްރު ޑީލްތައް ފަޅާއަރާާނެ. އަދި އެކަމަށް ޖަވާބުދާރީ ކުރުވޭނެ ދުވަސް އޮތީ ދާދިކައިރީގައި” ޑރ.ހަލީލް ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)ގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލަ ބައްލަވައި މިދިޔަ މަހުގެ 28 ވަނަ ދުވަހު އިއްވި ހުކުމްގައި ނިންމާފައި ވަނީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމުލަ 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަ ކިލޯމީޓަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ