- Advertisement -ad image

ވަގުތީ ގޮތުން ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށް ރައްޔިތުން ގުނބޯ ހެއްދުމުގެ ފުރުތަމަ މަރުހަލާ ސަރުކާރުން ނިންމާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބަށް ހަތަރު މަހަށްވެފައި ވަނިކޮށް ހިޔާ ފްލެޓުތަކުގެ ކުލި ވަގުތީގޮތުން ކުޑަކުރަން ނިންމައި އެކަން ސަރުކާރުން އިއުލާންކޮށްފިއެވެ.
އާބަންކޯއިން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 7 އަހަރު ހިޔާ ގެ ކުލީގެ ގޮތުގައި ނަގާނީ 5300 ރުފިޔާއެވެ. އެއީ މިހާރު ދައްކަމުންދާ 7500 ރުފިޔާއަށްވުރެ 2200 ރުފިޔާ ކުޑަ އަދަދެކެވެ. 7 އަހަރު ދުވަހަށް ކުލި ކުޑަ ކުރިނަމަވެސް ޖުމްލަ ދައްކަންޖެހޭ އަދަދު މަދެއް ނުވާނެއެވެ. ކުރިން ހިޔާ ފްލެޓެއްގެ މުޅި އަގު އަދާކުރަން ދީފައި އޮތީ 25 އަހަރެވެ. އެހެން ނަމަވެސް އިންތިހާބު ބޯމަތިވެފައިވާތީ ހިޔާގެ ކުލި ވަގުތީ ގޮތުން ކުޑަ ކުރާތީ ހިޔާގެ އަގު އަދާކުރަން ޖެހޭ މުއްދަތު ސަރުކާރުން ވަނީ 27 އަހަރަށް ދަންމާލާފައެވެ.

ކުލި ދެއްކުމުގައި ލުޔެއް ދޭން ނިންމާފައި ވަނީ ފިނިޝިންގެ މަސައްކަތް ނިންމަން ގިނަ ފަރާތްތަކުން ލޯނު ނަގާފައިވާތީ އެ ލޯނު ދެއްކުމުގައި އެހީތެރިވުމުގެ ގޮތުންކަމަށް އާރބަންކޯގެ އެމްޑީ އާތިފް ވިދާޅުވިއެވެ. 

ނަމަވެސް ހިޔާގައި މީހުން ދިރިއުޅޭތާ ދެ އަހަރުވެގެން ދިޔައިރު ސަރުކާރުން ބުނަމުން އައީ ހިޔާ ފްލެޓްގެ ކުލި ކުޑަ ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބަށް އެންމެ ހަތަރު މަހަށްވުމުން ހިޔާ ފްލެޓްގެ ކުލި ކުއްލިއަކަށް ކުޑަ ކުރުމުން މިއީ ސަރުކާރުން ޖެހި މަޅިއެއްކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ