އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން މަސައްކަތް ކުރި ޖަލު އޮފިސަރަކު ހައްޔަރުކޮށްފިއެވެ.
ކޮމިޝަނަރ އޮފް ޕުރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ބުނީ އިންޓެލިޖަންސްއަށް ލިބުނު މަޢުލޫމާތަކަށް ދިވެހި ފުލުހުންގެ ޚިދުމަތާ ކަރެކްޝަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ގައި އައްސޭރިޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި ވަނީ އެ ސާރވިސްގެ އޮފިސަރަކާއި އެކު އަތުލައިގަނެވިފައި ކަމަށެވެ.
އަދި މި އޮފިސަރު ފުލުހުންވަނީ ހައްޔަރުކޮށްފައި އަދި އޭނާ ވަނީ ކަރެކްޝަންސްގެ ޚިދުމަތުން ސަސްޕެންޑުކުރެވިފައި ކަމަށްވެސް ވިދާޅުވިއެވެ.
މިފަދަ ކަންކަމުގައި މަދުންނަމަވެސް އޮފިސަރުން ބައިވެރިވާކަމީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.