- Advertisement -ad image

އޭޖީ ރިފްއަތު ދިފާއު ކުރަނީ ކޮމްޕްރޮމައިޒް ވެފައިތިބި މެންބަރުން: އާދަމް ޝަރީފް

ad image

ގުޅުންހުރި ލިޔުންތައް

އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތު ދިފާއު ކުރަމުންދަނީ އެކި ކަންކަމުގައި ކޮމްޕްރޮމައިޒް ވެފައި ތިބި މީހުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދޫކޮށްލި މައްސަލާގައި އޭޖީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ގުަޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިފްއަތު ދިފާއި ކުރަނީ މި ސަރުކާރުގެ ވައްކަމާއި ހިޔާނާތުން ނާޖާއިޒް ފައިދާ ލިބޭ މަޖިލިސް މެންބަރުންނާއި އެމްއެމްޕީއާރުސީގެ ލިސްޓުގައި ނަން އޮތުމުގެ ސަބަބުން ކޮމްޕްރޮމައިޒް ވެފައި ތިބި މަޖިލިސް މެންބަރުން ކަމަށެވެ.
“އެމްޑީޕީގެ ހުރިހާ މަޖިލިސް މެންބަރުން ރިފްއަތަށް އިތުބާރު ނުކުރާކަން މަޖިލީހަށް ހުށަހެޅި ލިޔުމުން އެނގޭނެ،” އާދަމް ޝަރީފް ވިދާޅުވި އެވެ.
އެ މައްސަލައިގައި ރިފްއަތު ދިފާއުކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ޗާގޯސް މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ރިފްއަތު ވަކާލާތު ކޮށްފައިވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދީގެން ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އަދި ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުވިޔަ ނުދޭނެ ކަމަށް ބުނެ، އެ ވޯޓާ ދެކޮޅަށް, ރިފްއަތާ އެކުގައި އެމްޑީޕީގެ ޕީޖީ ގްރޫޕް އޮތް ކަމުގެ ޔަގީންކަން ވެސް އެ ޕާޓީން ވަނީ ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ