- Advertisement -ad image

ރައީސް ޔާމީންގެ އަތްޕުޅުން 52 މިލިއަން ރުފިޔާ ހޯދަން ޕީޖީން ހައިކޯޓަށް!

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ރައީސް ޔާމީން ދައުލަތައް 52 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކުރުމުން އެފައިސާ ނަގައިދިނުމަށް އެދި ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
އާރަށު މައްސަލާގައި ނިމުނު އަހަރުގެ ޑިސެންބަރު މަހުގައި ހުކުމްކުރިއިރު ރައީސް ޔާމީނުގެ އަތްޕުޅުން ފައިސާ ނަގަން ހުކުމުގައި ހިމަނާފައެއްނުވެއެވެ.
ނަމަވެސް ފެބްރުއަރީ މަހުގައި ވަކި އަމުރެއް ކުރިމިނަލް ކޯޓުން ނެރެ އެމަނިކުފާނުގެ އަތްޕުޅުން 37 މިލިއަން ރުފިޔާ ނަގަން އަމުރުުކުރިއެވެ.
އެ އަމުރު ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ކުރިމިނަލް ކޯޓުގެ އަމުރު ބާތިލުކުރިއެވެ.
އެއާއެކު މިއަދު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފައިވަނީ ކުރިމިނަލް ކޯޓުން ޑިސެންބަރު މަހުގައި ނެރުނު ހުކުމުގައި ފައިސާ ނެގުމުގެ ބައި މިހާރު ހައިކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

އެގޮތުން ދައުލަތުން އެދިފައިވަނީ ޖުމްލަ 3.4 މިލިއަން ޑޮލަރު ރައީސް ޔާމީނުގެ އަތްޕުޅުން ނަގައިދިނުމަށެވެ. އެއީ 52.6 މިލިއަން ދިވެހި ރުފިޔާއެވެ.
އެ މައްސަލާގައި ޕީޖީން ބުނެފައިވަނީ ކުރިމިނަލް ކޯޓަށް އާރަށު މައްސަލާގައި ދައުވާކުރިއިރުވެސް އެ ފައިސާ ނަގައިދިނުމަށް ދައުލަތުން އެދުނު ކަމަށެވެ. ނަމަވެސް އެ ކޯޓުން އެ މައްސަލާގައި ހުކުމްކުރިއިރު އެކަމުގައި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ