- Advertisement -ad image

އަޅުގަނޑާ ދޭތެރޭ ފިޔަވަޅު އަޅަން ހިތައް އެރުމަކީވެސް ކުށެއް: އަލީ އާޒިމް

ad image

ގުޅުންހުރި ލިޔުންތައް


އެމްޑީޕީގެ ލީޑަރޝިޕުން އޭނާ އާ ދޭތެރޭ ފިޔަވަޅު އަޅަން ހިތަށް އެރުމަކީވެސް ކުށެއް ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އަސާސީ ޤަވާއިދާއި، އުޞޫލުތަކާއި ޚިލާފަށް ޢަމަލުކުރަމުންދާ މެމްބަރުންނާއިމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށް އެޕާޓީން ބުނީ މިއަދުއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން، އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ބައެއް މެމްބަރުން ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ހިންގާ ހަރަކާތްތަކާއި، ރައްޔިތުންގެ މަޖިލީހުގައި ނެގޭ ބައެއް ވޯޓުތަކުގައި އެމްޑީޕީގެ ވިޕްލައިންތަކާއިވެސް ބައެއް މެންބަރުން ގެންދަވަނީ ޚިލާފުވަމުންނެވެ.
މިކަމާ ގުޅިގެން އަލީ އާޒިމް ވިދާޅުވީ، ގާނޫނު އަސާސީއިން ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުން ހުއްޓުވުމުގެގޮތުން ޕާޓީން ފިޔަވަޅު އަޅަން ހިތައް އެރުމަކީވެސް ކުށެއް ކަމަށެވެ.
އަދި ޕާޓީގެ ރައީސް ވިދާޅުވަނީ ރާއްޖޭގެ ކަނޑުން ބައެއް އުނިވި މައްސަލައަކީ ޕާޓީގެސިޔާސަތުގައި އިހްތިޖާޖުކުރަންޖެހޭ ކަމެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އެމްޑީޕީން ބުނީ ޗާގޯސް މައްސަލާގައި އެމްޑީޕީން ސަރުކާރުން ނިންމާފައިވާ ނިންމުމަށް ފުރިހަމައަށް ތާއީދުކޮށް، އެކަމުގައި އެމްޑީޕީގެ ސްޓޭންޑް ނަގާފައިވަނިކޮށް، އިދިކޮޅު ފަރާތްތަކާއި، ގުޅިގެން ހިންގާ ހަރަކާތްތަކުގައި ބައިވެރިވާ މެމްބަރުންނާއިމެދު ފިޔަވަޅު އަޅާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ކޮންބިރެއް ދައްކާކަށް އެއްކަމެއްވެސް ނޫން ފިޔަވަޅު އަޅާކަށް. ތިހެން ހީވެސް ނުވޭ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ