- Advertisement -ad image

އަފްޝަން ލަތީފު މަގާމުން އިސްތިއުފާ ދެއްވައިފި

ad image

ގުޅުންހުރި ލިޔުންތައް


ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިކަމާ ގުޅޭގޮތުން އޭނާ މިއަދު ވިދާޅުވީ އިސްތިއުފާގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވައި އަފްޝަން އެލްޖީއޭއަށް ފޮނުއްވި ސިޓީގައި ވަނީ އެ މަޤާމުގައި ހުންނެވިއިރު އެންމެ އިސްކަމެއް ދެއްވީ ލޯކަލް ކައުންސިލްތަކާއި، ސަރުކާރާއި، ރައްޔިތުންނާމެދު އޮންނަ ގުޅުން ހަރުދަނާކޮށް ލާމަރުކަޒީ ނިޒާމަށް އޮންނަ އިތުބާރު އިތުރު ކުރުމަށް ކަމަށެވެ. އަދި އެލްޖީއޭގެ އެންމެ މުހިންމު އެއް ދައުރަކީ އިސްނަގައިގެން މައްސަލަ ހައްލުކުރުން ކަމުގައި ދެކި، ކައުންސިލްތަކާއި ސަރުކާރުގެ އެކި އިދާރާތަކާއި އަމިއްލަ މުއައްސަސާ ތަކާއި، މަދަނީ ޖަމިއްޔާތަކާއި، ވިޔަފާރިކުރާ ފަރާތްތަކާއި ކައުންސިލްތަކާ ޖެހޭ މައްސަލަތައް ޙައްލު ކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދީ، އެފަދަ ޙާލަތްތަކުގައި ކައުންސިލްތަކުގެ ޙައްޤު ދިފާޢު ކުރުމަށް ވީހާވެސް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އަފްޝަންގެ ސިޓީގައި އެ މަޤާމުން އޭނާ އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވާފައި ނުވިނަމަވެސް މަޢުލޫމާތު ލިބޭގޮތުގައި އަފްޝަން އިސްތިއުފާ ދެއްވަން ނިންމެވީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ 2 ފެކްޝަންގެ ކޯޅުންގަނޑުގައެވެ.

އަފުޝަންގެ އިސްތިއުފާ އާއި ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އަފުޝަންގެ އިސްތިއުފާ އާއެކު ސަރުކާރަށް ގެއްލިގެން އެދިޔައީ ވަރަށް މަސައްކަތްތެރި ހީވާގި އަދި ގާބިލް އެއް ބޭފުޅާ ކަމަށެވެ. ގިންޖެހުންތަކާއި ފިއްތުން ތަކުގެ ތެރެއިން ލާމަރުކަޒީ ނިޒާމު ކާމިޔާބު ކުރުމަށް އަފުޝަން ކުރެއްވި މަސައްކަތަށް ޝުކުރު ހައްގު ކަމަށް ނަޝީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ