- Advertisement -ad image

ނަޝީދު ވިދާޅުވީ ޕާޓީން ވަކި ކުރަންވީ ރައީސް ސާލިހު ކަމަށް!

ad image

ގުޅުންހުރި ލިޔުންތައް


ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީން ވަކި ކުރަންޖެހެނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދުގެ ނުރަސްމީ ޓްވީޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ދާއިރާ ރައީސުން ނިކުމެ އެމްޑީޕީ ކެންޑިޑޭޓް ކަޓުވާލައި އެހެން މީސް މީހުން މަޖިލީހަށް ހޮވި މައްސަލަ ނުބަލައި، ފިޔަވަޅު އަޅާ ކޮމެޓީން މިހާރު އެބަލާ މައްސަލަތައް ބެލުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށެވެ. “ޕާޓީން ވަކިކުރަން ޖެހޭނީ ރައީސް ސޯލިހް،” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ފެކްޝަންގެ މަޖިލިސް މެމްބަރުންނަށް ފިޔަވަޅު އަޅަން އުޅެނީ އަސާސީ ގަވާއިދާއި ޕާޓީގެ އޮންނަ އިޖުރާއާތުތަކާ ވެސް މުޅިން ޚިލާފަށް ކަމަށާއި މިއީ ވަރަށް ދެރަކޮށް ހިންގާ އަމަލުތަކެއް ކަމަށް ނަޝީދު ރޭ ވަނީ ވިދާޅުވެފައެވެ.

ހޯމަ ދުވަހު އެމްޑީޕީގެ މެންބަރު ކަމުން އަލީ އާޒިމު ވަނީ ވަކިކޮށްފައެވެ. އަދި އެއް އަހަރު ވަންދެން އަލީ އާޒިމަށް އެމްޑީޕީއަށް ނުވަދެވޭ ގޮތަށް އެޕާޓީން ވަނީ ފިޔަވަޅު އަޅާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ