މިއީ އެމްޑީޕީއަށް ކޮރަޕްޝަންގެ ވާހަކަ ދެއްކުން ބަންދުވި 5 އަހަރު ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވީ އެމްޑީޕީގެ ވިޕްލައިނާ ހިލާފުވެގެން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެޕާޓީން ވަކި ކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން އިންތި ވިދާޅުވީ ކޮރަޕްޝަން ބެލުން ސުމެއް އަދި ކޮރަޕްޝަން ހިންގުން މެކުހަށްޖަހާފައިވާ ކަމަށެވެ.
އިންތި އިތުރަށް ވިދާޅުވީ ވައްކަމުގެ ނެޓްވާރކަކަށް ޕަާޓީ ބަދަލުކުރުމުގެ ޒިންމާ ރައީސް ސާލިހު ނަންގަވަންޖެހޭ ކަމަށާއި ޕާޓީ ހަލާކުކުރައްވައި އިތުބާރު ގެއްލުވާލުމުގެ ފިޔަވަޅު ހައްޤުވަނީ ރައީސް ސާލިހަށް ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ވިޕާ ތަކުރާރުކޮށް ޚިލާފުވި ހަތަރު މެމްބަރަކަށް ޕާޓީން ވަކިކުރާނެ ކަމުގެ ފަހު އިންޒާރު ދޭން ފިޔަވަޅު އަޅާ ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.
މަޖިލީހުގައި ނަގާ ވޯޓުތަކަށް ތްރީ ލައިން ވިޕް ނެރެފައި ވަނިކޮށް ޚިލާފުވާ މައްސަލާގައި ފިޔަވަޅު އަޅައިދޭން އެދުނީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށެވެ.
ތިޔަ ފިކުރު މިހާރު ފަކުރަކަށް ވެއްޖެއެވެ. ތިޔަ ބައިގަޑުގައި މުޅިންހެން ތިޔަތިބީ ބޮއިފި ބޮއިފި ބޮއިފި ޓީމުގެ މެންބަރުންނެވެ. ދެން ތިޔަ ތިބީ އެލްޖީބީޓީ ޕްރޮމޯޓްކުރާ ބަޔެކެވެ. ޥެރިކަން ނުލިބިގެން ތިޔަ އުޅެނީ ސެކިޔުލަރިސްމް މިތަނުގައި ނެތިގެން ބޭނުން ދީނަކަށް މިތަނުގައި ނުއުޅެވިގެންނެވެ. ދިވެހިން ވަރަށް ރަގަޅަށް ކަލޭމުން ދަސްކޮއްފިއެވެ.