- Advertisement -ad image

ނަޝީދަށް ތާއީދުކުރާ ގިނަ މަޖިލިސް މެންބަރުންތަކެއް އެމްޑީޕީން ވަކިވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ގިނަ މެންބަރުންތަކެއް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެއްޖެއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓްގައި ހޮވުނު 13 މެންބަރަކު ވަނީ މިއަދު އެޕާޓީން ވަކިވެފައެވެ.
މިއަދު އެ ޕާޓީން ވަކިވި މެންބަރުންގެ ތެރޭގައި އެމްޑީޕީގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲއާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުންވެސް ހުސެއިން ފިރުޝާން (މަޑަވެލި ދާއިރާ)، މުހައްމަދު ރަޝީދު (ބޯދިގު، މައްޗަންގޮޅި އުތުރު) ހަސަން ޝިޔާން (ތޮއްޑޫ ދާއިރާ) އަހްމަދު ޒާހިރު (ގައްދޫ) ވެސް ވަނީ އެޕާޓީން ވަކިވެފައެވެ.
ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ޕާޓީން އިސްތިއުފާދެއްވިއިރު “ފިކުރެއްގެ ދިރުން”ގެ މެންބަރުންގެ ތެރެއިން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމުވަނީ ޕާޓީން ވަކިކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ