- Advertisement -ad image

ކަނޑު ވިއްކުމާ ދެކޮޅު ޕެޓިޝަނުގައި ސޮއިކުރާ ހަރަކާތް ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ ދެކުނުގެ އިގްތިސާދީ ހާއްސަ ސަރަހައްދުން ބޮޑު ބައެއް ގެއްލުވާލާފައިވާ މައްސަލާގައި އެކުލަވައިލި އިއްތިހާދުން ކުރިއަށް ގެންދާ ޕެޓިޝަނުގައި ސޮއިކުރާ ހަރަކާތް މިއަދު ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިއްރު ސިޓީއަކުން ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި މައްސަލައިގައި އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން ދިވެހި ރައްޔިތުންގެ ފަރާތުން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ޕެޓިޝަންގައި ސޮއި ކުރުމުގެ ޙަރަކާތް ފެށީ މިއަދު ހަވީރު 4:00 ގައި ދަތުރުވެރިންގެ މާރުކޭޓު ކުރިމަތިންނެވެ.
މި ހަރަކާތް ފެށުމުގެ ގޮތުން އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ އިތުރުން އާއްމުންގެ ގިނަ ބަޔަކު ވަނީ ޕެޓިޝަނުގައި ސޮއިކޮށްފައެވެ.

ރާއްޖެ-މޮރިޝަސްއާ ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިދިޔަ ހުކުރު ދުވަހު ނިންމި މައްސަލާގައި ރާއްޖެއިން 200 ނޯޓިކަލް މޭލު ހޯދުމަށް އިކުއިޓިބަލް ނުވަތަ އަދަލުވެރި އުސޫލުން ކަނޑުގެ ސަރަހައްދު އިންކުރުމަށް ވަކާލާތުކޮށްފައިނުވެ އެވެ. އޭގެ ބަދަލުގައި ރާއްޖެއިން ވެސް އެއްބަސްވެފައިވަނީ މޮރިޝަސްއިން އެދުނު ގޮތަށް އިކުއިޑިސްޓޭންސްގެ އުސޫލު ނުވަތަ ފުށުއަރާ ސަރަހައްދު ހަމަހަމައަށް ބައިކޮށް ބަހައިލުމަށެވެ.
އެގޮތަށް ބަހާލައި، އިޓްލޮސް އިން ނިންމީ ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. އެއާއެކު ރާއްޖޭގެ މަސްވެރިން މީގެ ކުރިން މަސްވެރިކަން ކުރާ ކަނޑުގެ ބޮޑު ބައެއް އެވަނީ ގެއްލިފައިިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ