- Advertisement -ad image

ފިކުރެއްގެ ދިރުން ފެކުޝަނުން އައު ޕާޓީއެއް ހަދައި ކެންޑިޑޭޓަކު ނެރެނީ

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން “ފިކުރެއްގެ ދިރުން” ނަމުގައި ސިޔާސީ ޕާޓީއެއް ހަދައި މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ނިންމައިފިއެވެ.
ނަޝީދާއެކު ތިއްބެވި ބޭފުޅުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެކަން އިއުލާން ކުރެއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އެމްޑީޕީ އަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އީވާ އާއި އިލްޔާސް ހިމެނިވަޑައިގަންނަވާ ގޮތަށް ގިނަ ބޭފުޅުންތަކެއް އެ ޕާޓީން ވަނީ މިއަދު ވަކިވެވަޑައިގެންފައެވެ.
އީވާ ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފަހު އިތުރު ސިޔާސީ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އެމްޑީޕީން ވަކިވެވަޑައިގެންނެވީ މާ ބޮޑު ހިތްހަމަޖެހުމަކާއި އުފަލަކާ އެކުގައި ނޫން ކަމަށާއި އެބޭފުޅުންނަކީ އެމްޑީޕީ އަށްޓަކައި އެތައް މަސައްކަތެއް ކުރެއްވި ބޭފުޅުން ކަމަށެވެ. އަދި އެމްޑީޕީން މިއަދު ވަކިވެވަޑައިގަންނަވަން ޖެހުނީ ހިތާމައާއެކު، އަދި އުންމީދާ ވެސް އެކު ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުމުގައި ވާހަކަ ދައްކަވަމުން އީވާ ވަނީ ފިކުރެއްގެ ދިރުމުން އުފައްދާ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ވާދަކުރައްވާނެ ކަންވެސް އިއުލާން ކުރައްވާފައެވެ. އަދި “ފިކުރެއްގެ ދިރުން” ގެ ކެނޑިޑޭޓު ކަނޑައަޅާނީ އެތެރޭގެ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިންކަމަށްވެސް އީވާ ވިދާޅުވި އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ