- Advertisement -ad image

ޖޫރިމަނާ ފައިސާ ދައްކާފައިނުވާތީ އެއްކޮށްލި ފްލެޓް އާރބަންކޯ އާއި ހަވާލުކުރަން އަންގައިފި

ad image

ގުޅުންހުރި ލިޔުންތައް

ދެ އެޕާޓްމަންޓް އެއްކޮށްލުމުން ދައްކަން އެންގި ޖޫރިމަނާ ފައިސާ ދައްކާފައި ނުވާތީ އެޕާރޓްމަންޓް އާރބަންކޯ އާއި ހަވާލު ކުރުމަށް ފްލެޓްވެރިންނަށް އަންގައިފިއެވެ.
އާރބަންކޯއިން ބުނީ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާ މައްސަލައިގައި އެ ކޯޕަރޭޝަނުން ހެދިފައިވާ އުސޫލުތަކާއި ހިލާފަށް ދެފަރާތުން ވަނީ ދެ އެޕަރޓްމަންޓުގެ މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައި ކަމަށެވެ.
މި މައްސަލަ ބެލުމަށް ފަހު ކޮންމެ އެޕާރޓްމަންޓެއް، 100،000ރ އިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް ވަނީ އަންގާފައެވެ.
އަދި 10 ދުވަހުގެ ތެރޭގައި އެޕާޓްމަންޓް ހަވާލު ކުރެވުނު އިރު ހުރި ގޮތަށް އިޔާދަކުރުމަށް އަނގާފައިވީނަމަވެސް މިކަން އެގޮތަށް ކޮށްފައި ނުވާތީ، 14 ދުވަސް ތެރޭގައި ކޯޕަރޭޝަނަށް ފުލެޓް ހަވާލު ކުރުމަށް މިއަދު ވަނީ ވެރިފަރާތްތަކަށް އަނގާފައި ކަމަށް އާރބަންކޯ އިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ