މާލޭގައި ހަތަރު މީހުން އަރައިގެން ސައިކަލު ދުއްވުމުން ބިދޭސީ މީހަކު ޖޫރިމަނާކޮށްފިއެވެ.
ފުލުހުން ބުނީ ދެމީހުންނަށްވުރެ ގިނަ މީހުން އަރުވައިގެން ސައިކަލު ދުއްވަމުންދިޔަ މީހަކު މިއަދު މާލެއިން ހުއްޓުވާފައިވާ ކަމަށެވެ.
އަދި ސައިކަލު ދުއްވި ބިދޭސީ މީހާއާމެދު ޓުރެފިކް ގަވައިދުގެ ދަށުން ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ފަހަކަށް އައިސް މާލޭގައި އެކި ކަންކަމުގައި ދިރިއުޅޭ ބިދޭސީން ދެމީހުންނަށްވުރެ ގިނައިން ސައިކަލަށް އަރުވައިގެން ދުއްވާ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.
