- Advertisement -ad image

އަގުހުރި އިނާމް ތަކަކާއިއެކު މާލެސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަޙަ މުބާރާތް 1444 ގެ ނަތީޖާ ފާޅުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ކުލަގަދަ ރަސްމިއްޔާތެއްގައި އަގުހުރި އިނާމް ތަކަކާއިއެކު މާލެ ސިޓީ ކައުންސިލުން 1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ މުނާޞަބާގައި ބޭއްވި ކީރިތި ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތުގެ ނަތީޖާ ފާޅު ކޮށްފިއެވެ.

މި ދެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޙަފްލާ ބާއްވާފައިވަނީ 20 މެއި ވީ ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ.

މި ޙަފްލާގައި ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތުން ވަނަވަނަތަކަށް އައި ފަރާތްތަކަށް ވަނީ އަގު ހުރި އިނާމުތައް ހަވާލުކޮށްފައެވެ. އަދި ޅެންވެރި ކަމުގެ ބައިންނާއި އަމިއްލަ ރާގު ހެއްދެވި ފަރާތްތަކުގެ ތެރެއިން ވަނަ ތަކަށް އައި ފަރާތްތަކަށްވެސް ވަނީ އިނާމް ހަވާލު ކޮށްފައެވެ.
އިނާމްތަކުގެ ތެރޭގައި މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ތައްޓާއި، ކައުންސިލުން ދޭ ހަނދާނީ ލިޔުން، ހަނދާނީ ފިލާ، ކައުންސިލުންދޭ ހަދިޔާ އާއި ކައުންސިލުންދޭ ފައިސާގެ އިނާމްގެ އިތުރުން ލޮޓަސް ފިހާރައިން ދީފައިވާ ހަދިޔާ، އަދި ބައިސްކަލް ހިމެނެއެވެ. މީގެ އިތުރުން ރެޑްވޭވް ގެ ފަރާތުން ހަދިޔާކުރެއްވި ޓީވީ އާއި ސައުންޑް ބަރ ހިމެނެއެވެ.


މީގެ އިތުރުން މި ދެ މުބާރާތުގެ މުޅިމުބާރާތުން ވަނަތަކަށް އައި ކުދިންނަށް އޫރީދޫ އާއި ދިރާގުގެ ފަރާތުންވެސް ވަނީ އަގުހުރި ހަދިޔާ ސްޕޮންސަރ ކޮށްދެއްވާފައެވެ. އެގޮތުން އިނާމެއްގެގޮތުގައި ދިރާގުގެ 50 މެގަބައިޓް 3 މަހުގެ ފައިބަރ ކަނެކްޝަން، އަދި ދިރާގުގެ 50 މެގަބައިޓް 6 މަހުގެ ފައިބަރ ކަނެކްޝަން ހިލޭ ދީފައިވެއެވެ. އަދި އޫރިދޫގެ ފަރާތުން މުބާރާތުގެ ޝަރަފުވެރި ވަނަތަކަށް ވަނީ ފައިސާފެ އިނާމް ސްޕޮންސަރ ކޮށްދެއްވާފައެވެ. އަދި ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ހަދިޔާކުރި އިނާމް ހިމެނެއެވެ.

މުޅި މުބާރާތުގެ ޤުރުއާން ނުބަލާ ކިޔުމުގެ ގޮފިން އަދި ބަލައިގެން ކިޔުމުގެ ގޮފިން 1 ވަނައަށް އުރީދޫއިން ވަނީ 20000 (ވިހިހާސް) ރުފިޔާގެ ފައިސާގެ އިނާމް ދެއްވާފައެވެ. އަދި މަދަޙަ މުބާރާތުގެ މުޅި މުބާރާތުން އެއްވަނައަށް 10000 (ދިހަ ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދެއްވާފައިވެއެވެ.
މާލެސިޓީ ކައުންސިލުން ވަނީ މުބާރާތުގެ ވަނަތަކަށް އައި ދަރިވަރުންނަށް ފައިސާގެ އިނާމްގެ ގޮތުގައި 3000 (ތިންހާސް) ރުފިޔާއިން ފެށިގެން 25000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދެއްވާފައެވެ.

1444 ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި ދެ މުބާރާތުގައި މިއަހަރު ވަނީ 1060 ކުދިން ބައިވެރިވެފައެވެ. އެއީ ޤުރުއާން މުބާރާތުގައި 756 ބައިވެރިން އަދި މަދަޙަ މުބާރާތުގައި 304 ބައިވެރިންނެވެ.
މާލެސިޓީކައުންސިލުން ބޭއްވި މި ދެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 6 އުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ. މި ދެ މުބާރާތަށް ވެސް އިންސާފް ކޮށްދެއްވީ ރާއްޖޭގެ ނަން މަޝްހޫރު ޤާބިލް ފަނޑިޔާރުންނެވެ.

ފާއިތުވި އަހަރުގެ މުބާރާތާއި އަޅާކިޔާއިރު މި އަހަރުގެ މުބާރާތަށް ވަނީ ވަރަށްބޮޑު ތަރުޙީބެއް ލިބިފައިކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ