- Advertisement -ad image

ނަޝީދުގެ ޕާޓީ “ދަ ޑިމޮކްރެޓިކްސް” ގެ ފޯމު ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް


އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ “ދަ ޑިމޮކްރެޓިކްސް” ގެ ނަމުގައި އާ ޕާޓިއެއް ހަދަން އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމު ހުޅަހަޅައިފިއެވެ.
ނަޝީދުއަށް ތާއީދު ކުރާ ވަކި ފެކުޝަނެއް ހެދީ އެމްޑީޕީ ޕްރައިމަރީގައި ރައީސް ނަޝީދުގެ މައްޗަށް ރައީސް ސޯލިހު ކުރިހޯއްދަަވައި ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވުމުންނެވެ.
އޭގެ ފަހުން އެމްޑީޕީގެ ވަކި ފެކްޝަނެއްގެ ގޮތުގައި މަސައްކަތްކުރި “ފިކުރެއްގެ ދިރުމުން” އުފައްދާ މި ޕާޓީއަށް ހުއްދަ ހޯދަން އީސީއަށް ފޯމް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ނަމުގަ އެވެ.


މި ޕާޓީ އުފެއްދުމަށްޓަކައި ރައީސް ނަޝީދަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު ވަނީ މިދިޔަ ބުދަ ދުވަހު އެމްޑީޕީން ވަކިވެފައެވެ. މިއަދު ފޯމު ހުށަހަޅަން ދިޔަ ރަސްމިއްޔާތުގައިވެސް މިމެމްބަރުން ވަނީ ބައިވެރިވެފައެވެ. އިލެކްޝަން ކޮމިޝަނުން މި ފޯމާއި ހަވާލުވީ އެކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ