- Advertisement -ad image

ވީނުވީ ތަނެއް ނޭނގިގެން ރިޕޯޓްކުރުމާ ގުޅިގެން ކުޑަކުއްޖަކު ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް


ކުޑަކުއްޖަކު ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެއްކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ހޯދަމުންދަނީ ޅ. ކުރެންދޫ / ހުދުފަޅު، ޢަބްދުއްނާފިޢު އިބްރާހިމް (17އ) އެވެ.
ފުލުހުން ބުނީ ޢަބްދުއްނާފިޢު އިބްރާހިމް ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މެއި 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.
ޢަބްދުއްނާފިޢު އިބްރާހިމް ވީނުވީ ތަނެއް ނޭނގިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހައި ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، ޢަބްދުއްނާފިޢު އިބްރާހިމް ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން ނާފިޢު ހޯދިފައެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ