- Advertisement -ad image

މަޖިލީހުގައި ޕީޕީއެމާއި ގުޅިގެން މަސައްކަތް ކުރުމުގެ ދައުވަތު ދީފި

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ދައުވަތު ހުރިހާ ޕާޓީތަކަށާއި މެންބަރުންނަށްދީފިއެވެ.
ޕީޕީއެމުން ބުނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވެންހުރި މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕާއި ގުޅިގެން އެކުގައި މަސައްކަތް ކުރަން ބޭނުންވާ އެންމެހާއި މެންބަރުންނަށާއި ޕާޓީތަކަށް ދައުވަތު އަރުވާ ކަމަށެވެ.
ޕީޕީއެމުން މިގޮތަށް ބުނެފައިވާއިރު ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލުމާއި ގުޅިގެން އިދިކޮޅު ޕީޕީއެމާ ޕީއެންސީގެ އިތުރުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ “ފިކުރެއްގެ ދިރުން” ފެކްޝަންގެ މެންބަރުންނާއި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީން ގުޅިގެން ވަނީ ފޮރިން މިނިސްޓަރު ޝާހިދާއި އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ