- Advertisement -ad image

“ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް” ގެ މަސައްކަތަށް އާންމުންގެ ބޮޑު ތަރުޙީބެއް!

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީ ކައުންސިލްގެ “ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް” ގެ މަސައްކަތަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބެންފަށައިފިއެވެ.

މެއި މަހުގެ 14 ވަނަ ދުވަހުގެރޭ މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވި މާލެ ސިޓީ ކައުންސިލްގެ “ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް” ގެ މުވައްޒަފުންގެ މަސައްކަތްތައް މިހާރު ފެށިގެން ގޮސްފައިވާއިރު، އެ މުވައްޒަފުން ފާހަގަކުރާ ގޮތުގައި މާލެތެރޭގައި ހުރި އާއްމު މައްސަލަތައް ހައްލު ކުރުމަށް ރައްޔިތުންގެ ފަރާތުން ދަނީ ފުރިހަމަ އެއްބާރުލުން ލިބެމުން ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މާލެ އަދި ވިލިމާލޭގެ މަގުތަކުގައި 16 ގަޑިއިރު މި ޓީމުން ޙަރަކާތްތެރި ވަމުންދަނީ މުނިސިޕަލް މައްސަލަތައް ހައްލު ކުރުމަށެވެ. ބާޒާރުމަތިން ފެށިގެން މާލޭގެ އެކި ސަރަޙައްދުތަކުން ފާހަގަކުރެވޭ މައްސަލަތަކާއި، އާންމު އުނދަގޫ ވާނެހެން ހުރި ކަންކަން އިސްލާހު ކުރުމަށް މިޓީމުން ކުރާ މަސައްކަތުގައި އާންމުންގެ ވަރަށްބޮޑު އެއްބާރުލުމެއް ދަނީ ލިބެމުން ކަމަށްވެސް ކައުންސިލުން ބުނެއެވެ.
މި މަސައްކަތާއި ގުޅޭގޮތުން “ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް” ގެ އޮފިސަރ މުޙައްމަދު ރަޝީދު ވިދާޅުވީ މަސައްކަތް ކުރަމުންދާއިރު ބޮޑެތި މައްސަލަތައް ފާހަގަވާ ކަމަށާއި، އެހެންނަމަވެސް ޤަވާއިދާ ޚިލާފަށް ހުންނަ ކަންކަން ފާހަގަކޮށްދީ ރަނގަޅުގޮތް ބުނެދިނުމުން އާންމުން އެކަމަށް އެއްބާރުލުން ދެއްވާ ކަންކަން އިސްލާހު ކުރަމުންދާކަމަށެވެ. އެގޮތުން މާލޭގެ އެންމެ ކާރޫބާރުބޮޑު ބާޒާރުމަތީގެ ކަންކަމަށް ބަލާއިރު ހިނގާ މީހުންނަށް އުނދަގޫވާނެހެން މަގުމަތީގައި ބަހައްޓާފައިވާ ތަކެތި ނަގާ ހަމަޔަކަށް އެޅުވުމުގައިވެސް އެންމެންގެ އެއްބާރުލުން ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ މަޤްޞަދަކީ މާލެސިޓީ އަމާން ރީތިތަނަކަށް ހެދުން ކަމަށާއި، މާލެ ސިޓީ އަކީ މާލޭގެ ރައްޔިތުންނަށް އަމާން މާލެއެއް ހޯދައިދިނުން ކަމަށެވެ. އަދި މި ދެދުވަހުގެ މަސައްކަތަށް ބަލާއިރު މިއީ ކާމިޔާބު މަސައްކަތެއް ކަން އޭނާ ފާހަގަކުރިއެވެ.

މި ޚިދުމަތާއި ގުޅިގެން މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ދާދި ފަހުން ތަޢާރަފްކުރި ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސަރުން މުޖުތަމަޢުއާ ގުޅިގެން މަސައްކަތް ކުރަމުންދަނީ މާލެސިޓީ އަކީ މިހާރަށްވުރެ ސާފުތާހިރު އަދި ތަރުތީބުން ދިރިއުޅެވޭނެ ސިޓީއަކަށް ހެދުމަށް ކަމަށެވެ. ތަފާތެއް ގެނެވޭނީ ރައްޔިތުންގެ މަސްލަޙަތު އިސްކޮށްގެން ރައްޔިތުންނާއި އެކުގައި މަސައްކަތްކޮށް އަދި މުޖުތަމަޢުގެ ކޮންމެ ފަރުދަކުވެސް އެމީހެއްގެ ދައުރު އަދާކޮށްގެން، ކަމަށް މޭޔަރު މުޢިއްޒު ވިދާޅުވިއެވެ.


މާލެ ސިޓީ ކައުންސިލުން އުފެއްދި “ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް” ގެ ބޭނުމަށް މާލެ ވަނީ 8 ޒޯނަކަށް ބަހާލައިފަ އެވެ. އެ ޕްރޮގްރާމްގައި 18 އަންހެނުންނާއި 60 ފިރިހެނުން މަސައްކަތް ކުރާނެ އެވެ. އެ ޔުނިޓްގެ ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައި ވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީއާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ