- Advertisement -ad image

އިސްލާމީ ޔުނިވަރސިޓީން 709 ދަރިވަރުން ދަސްވެނިވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އެކި ދަރަޖައިގައި 709 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާ ބާއްވާފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.

މިއަހަރުގެ ދަސްވެނިވުމުގެ ޙަފްލާގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ހިންގި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިގެން މާސްޓަރސް ލެވެލްގެ ކޯސްތައް ފުރިހަމަ ކުރި 709 ދަރިވަރަކު ދަސްވެނިވެފައިވެއެވެ.
މީގެ ތެރޭގައި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ފުރިހަމަކުރި 174 ދަރިވަރަކާއި، ޑިޕްލޮމާ ލެވެލްގެ ކޯސްތައް ފުރިހަމަކުރި 118 ދަރިވަރަކާއި، އެސޯސިއޭޓް ޑިގްރީ ފެންވަރުގެ ކޯސްތައް ފުރިހަމަކުރި 5 ދަރިވަރަކު ހިމެނެއެވެ. އަދި ޑިގްރީ ފެންވަރުގެ ކޯސްތައް ފުރިހަމަކުރި 214 ދަރިވަރަކާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ލެވެލްގެ ކޯސްތައް ފުރިހަމަކުރި 70 ދަރިވަރުންގެ އިތުރުން މާސްޓަރސް ލެވެލްގެ ކޯސްތައް ފުރިހަމަކުރި 119 ދަރިވަރުން މީގެ ތެރޭގައި ހިމެނެއެވެ.


މި ޙަފްލާގައި މަތީވަނަތައް ޙާޞިލުކުރާ ދަރިވަރުންނަށް އައި.ޔޫ.އެމްއިން ދޭ “ބެސްޓް ސްޓޫޑެންޓް އެވޯޑްސް” 9 ދަރިވަރަކު ވަނީ ޙާޞިލުކޮށްފައެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާތަކާއި ސެންޓަރުތަކުން އަންނަނީ ސެޓްފިކެޓް ލެވެލް 1 އިން ފެށިގެން ޕީ.އެޗް.ޑީ އާއި ހަމައަށް ތަފާތު 90 ޕްރޮގްރާމެއް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ