- Advertisement -ad image

އާސަހަރާ މަރާމާތު ކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ފަށަނީ، އިމާރާތުގެ މުހިންމު މަސައްކަތްތައް ދެ މަސްތެރޭ ނިމޭނެ: ކައުންސިލް

ad image

ގުޅުންހުރި ލިޔުންތައް


އާސަހަރާ މަރާމާތުގެ ކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ފެށުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ޒަމާންތަކަކަށްފަހު އާސަހަރާ ތަރައްޤީކުރުމަށް ނިންމާ އެ މަޝްރޫޢުގެ ދަށުން އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖޭހޭ މަސައްކަތްތައް 27 މެއި 2023 އިން ފެށިގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި މަސައްކަތްތަކާއި ގުޅިގެން އާސަހަރާގައި މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަމަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިޔާވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ނަމާދު ވަގުތުތައް ނޫން ވަގުތު ތަކުގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އާސަހަރާގެ މިސްކިތުގައި ނަމާދުކުރެވޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

އާސަހަރާ ތަރައްޤީ ކުރުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް 2 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
އަދި މި މަސައްކަތް ނިމުނުހާ އަވަހަށް އެކަން އާމުންނަށް އަންގާ އިޢުލާނު ކުރާނެ ކަމަށްވެސް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އާސަހަރާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވަނީ ހަތަރުވަނަ ދައުރުގެ 99 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ