- Advertisement -ad image

ނަޝީދު ޕާޓީއަށް ވަންނަ މީހުން ސަރުކާރު ވަޒީފާތަކުން ވަކިކުރަނީ

ad image

ގުޅުންހުރި ލިޔުންތައް


ނަޝީދު އިސްކޮށް ހުންނަވައި އުފައްދާފައިވާ “ދަ ޑިމޮކްރަޓިކްސް” އަށް ވަންނަން ސޮއިކުރާ ސަރުކާރު ވަޒީފާތަކުގައި ތިބި ފަރާތްތައް ވަޒީފާއިން ވަކި ކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މިހާތަނަށް އެންވާރްމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު އަންޞާރު އާއި އެމިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް މުހައްމަދު ހަމްދާން ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ. އަދި ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ އާޝިޔަތު އަލައިކާ އަދުނާން ވެސް މިއަދު ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ. އަލައިކާ އާއި ހަމްދާނަކީ ދެމަފިރިންނެވެ. އެތިން ބޭފުޅުން ވެސް ވަނީ މިދިޔަ ހަފްތާގައި ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާފައެވެ.
ތިން ބޭފުޅުން ވެސް މަގާމުން ވަކިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެބޭފުޅުން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ޑިމޮކްރެޓްސް އަށް ސޮއި ކޮށްފައިވާ މީހުންގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުންނާއި، އެގްޒެކެޓިވް ޑިރެކްޓަރުން ވެސް ހިމެނެއެވެ. އޭގެ އިތުރުން އެމްޑީޕީގެ ޓިކެޓްގައި ކައުންސިލް އިންތިހާބު ކާމިޔާބު ކުރި ފަރާތްތަކުން ވެސް އަންނަނީ ޑިމޮކްރެޓްސް އަށް ސޮއި ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ