- Advertisement -ad image

އަޅުގަނޑުމެން ވެރިކަމަށް އައީ ގޮޅާބޯ ކިޔައިގެން: އީވާ

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ނިސްބަތްކޮށް ޗޯރު އިބުރޭ ކިޔައިގެން ޗެނަލް 13ގެ ކޮންޓެންޓެއް އުނިކުރުމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އީވާ ވިދާޅުވީ، އެމްޑީޕީއިން ވެރިކަމަށް އައީ ގޯޅާބޯ އާއި ”އެބޭ ސިޑިން ވެއްޓިދާނެތީ“ ކިޔައިގެން ކަމަށެވެ.
އެމްޑީޕީ ދޫކޮށް ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އަށް ގުޅިވަޑައިގެންފައިވާ މެންބަރު އީވާ މިފަދައިން ވިދާޅުވީ ޗެނަލް 13 އިން ދައްކާ ބައެއް ލަވަތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ޗޯރެއް ނުވަތަ ވަގެއްގެ ގޮތުގައި ދޭހަވާ ކޮންޓެންޓު ހުރިކަމަށް ބްރޯޑްކޮމް އިން ނިންމައި އެ ސްޓޭޝަނަށް އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހަށް ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ހުށަހަޅުއްވުމާ ގުޅިގެންނެވެ.
އެ މައްސަލައަށް ބަހުސް ކުރަން ވޯޓު ހަމަނުވި ނަމަވެސް އީވާ ވަނީ އެކަމުގައި އޭނާ ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާފައެވެ.
މާފަށް އެދިވަޑައިގަންނަވަމުން އީވާ ވިދާޅުވީ ކުރީގެ ރައީސް މައުމޫންގެ ވެރިކަން އެމްޑީޕީއިން ނިންމީ ގޮޅާބޯ ކިޔައިގެން ކަމަށެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ކުއްލި މައްސަލަ ބޭރުކޮށްލިއިރު، އެ މައްސަލައަށް ބަހުސް ކުރުމަށް މަޖިލީހުގައި ވޯޓު ނެގިއިރު ހާޒިރުވެ ތިއްބެވީ 49 މެންބަރުންނެވެ. އެކަމުގައި ބަހުސް ކުރަން ފެންނަ ކަމަށް20 މެންބަރަކު ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ26 މެންބަރުންނެވެ. ވަކިގޮތަކަށް ވޯޓު ދެއްވި މެންބަރަކު ނެތްއިރު މި ވޯޓުގައި ބައިވެރިވެވަޑައިގަތީ 46 މެންބަރުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ގޮޅާބޯ އާ ގޮޅާފޯސް އަދި އެއަދްވުރެވެސް ހުތުރު ބަސްތައް ކިޔަނީ ގޭގައާ މަގުމަތީގަ ދެން ކާކުކަން ނޭނގޭގޮތަށް މީސް މީޑިއާގަ އެއްވެސް ރަސްމީ ނޫހެއް ޓީވީ ޗެނެލް އެއްގަ އެފަދަ ވާހަކައެއް ނުދައްކާ. ހަޔާތްމަދު އަންހެނެއް މީ އަމިއްލަ ބަހުންވެސް ދޭހަކޮށްދިނީ އަޛްލާގީ ގޮތުން ދަށް ބައެއް ކަން

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ