- Advertisement -ad image

އީވާ މަގާމުން ވަކިކުރުމާއެކު ދެ ވަޒީރުން ދިފާއުކުރަން އެމްޑީޕީން ތްރީލައިން ވިޕެއް

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އެ މަގާމުން ވަކިކުރުމަށާއި ފޮރިން މިނިސްޓަރު ޝާހިދު އަދި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ދެކޮޅަށް، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފި އެވެ.
ރާއްޖެއާ ޗާގޯސްގެ ކަނޑުގެ މައްސަލައާ ގުޅުވައި، ޝާހިދާއި ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި އިދިކޮޅު ފަރާތްތަކުންނެވެ. އީވާ މަގާމުން ވަކިކުރަން މައްސަލަ ހުށަހެޅީ އޭނާ އެމްޑީޕީން ވަކިވެވަޑައިގެން، “ދަ ޑިމޮކްރެޓްސް” އުފެއްދުމުގެ މަސައްކަތުގައި އުޅުއްވާތީ އެމްޑީޕީގެ ފަރާތުންނެވެ.
އެ ތިން ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ރައްޔިތުންގެ މަޖިލީހުގައި މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ. އަންނަ ބުދަ ދުވަހަށް ރިފްއަތުގެ މައްސަލަ ތާވަލްކޮށްފައި ވާއިރު، ޝާހިދުގެ މައްސަލަ ތާވަލޮށްފައި ވަނީ އަންނަ މަހު ހަވަނަ ދުވަހުގެ ޖަލްސާ އަށެވެ. އަދި އީވާގެ މައްސަލަ ތާވަލްކޮށްފައި ވަނީ ޖޫން 11 ވަނަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށެވެ.
އެކަމާ ގުޅިގެން ބޭއްވި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުން އިއްތިފާގުން ނިންމާފައި ވަނީ އީވާ މަގާމުން ވަކިކުރުމަށް ތްރީ ލައިން ވިޕެއް ނެރުމަށެވެ. އަދި, ޝާހިދު އާއި ރިފްއަތުގެ މައްސަލަ ފެއިލް ކޮށްލަން ވެސް ވަނީ ވިޕެއް ނެރެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ