- Advertisement -ad image

އިންޖެކްޝަން ބެޗެއްގައި ކޮލިޓީގެ މައްސަލައެއް ފާހަގަކުރެއްވިގެން ބޭނުންކުރުން މަނާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖެ އެތެރެކުރި އިންޖެކްޝަން ބެޗެއްގައި މައްސަލައެއް ފާހަގަކުރެއްވިގެން އެ ބޭނުންކުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުއްވި ބަޔާނެއްގައި ބުނީ އެސިލޮކް (ރެނިޓިޑިން އިންޖެކްޝަން) ގެ ބެޗަކުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އެ ވައްތަރުގެ ބެޗު ނަމްބަރު RP21311 ރާއްޖެ އެތެރެކޮށް، ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ.

އެ ބޭހުގެ RP21311 ބެޗު އެއްވެސް ފާމަސީއަކުން ނުވަތަ ޞިއްޙީ ޚިދުމަތް ދޭ ތަނެއްގައި ހުރިނަމަ އެކަން އެއޮތޯރިޓީގެ ހޮޓްލައިން 7200321 އަށް ގުޅައި އަންގައިދިނުމަށް އެމްއެފްޑީއޭއިން އެދެއެވެ.
އެ އިދާރާއިން ބުނީ ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕޯޓްތައް ޚާއްޞަ ސަމާލުކަން ދީގެން ބަލައި ފާސްކުރަންވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ