- Advertisement -ad image

އެއްބަޔަކު އަނެއް ބަޔަކަށް ހުތުރު ލަގަބުތަކުން ގޮވުން ވަނީ ނަހީ ކުރައްވާފައި: މައުމޫނު

ad image

ގުޅުންހުރި ލިޔުންތައް

މުއުމިނުން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަގަބު ތަކުން ގޮވުން މާތް ﷲ ވަނީ ނަހީ ކުރައްވާފައި ކަމަށް ކުރީގެ ރައީސް މައުމޫނު ވިދާޅުވެއްޖެއެވެ. މައުމޫނު މިގޮތަށް ވިދާޅުވެ ޓުވީޓެއް ކުރައްވާފައި މިވަނީ ރައީސް ސާލިހުއަށް ނިސްބަތްކޮށް އެކި ނަންތައް ކިޔަމުންދާތީ މިހާރު ފެންމަތިވެފައިވާ މައްސަލައާއި ގުޅިގެން ކަމަށް ބެލެވެއެވެ. މި ވާހަކަތަކަށް އިޝާރާތް ކުރައްވާވާ ރައީސް މައުމޫނު ވިދާޅުވީ މުއުމިން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަގަބުތަކުން ގޮވުން މާތްﷲ ވަނީ ނަހީ ކުރައްވާފައި ކަމަށެވެ. އަދި އަލް ހުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތް ބެއްލެވުމަށް މައުމޫނު ވަނީ އެދިވަޑައިގެންފައެވެ. މައުމޫނުގެ ވާހަކަފުޅު މިގޮތަށް ހުރިއިރު ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ނަޝީދު ވަނީ އެކި ވެރިންނަށް ކިޔާފައިވާ ވަނަންތަކުގެ ލިސްޓު ހާމަކުރައްވާފަ އެވެ. އެ ލިސްޓް ހާމަކުރެއްވުމަށް ފަހު ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް އިދިކޮޅުން ބޭނުންކުރާ ވަނަން ކިޔުމުން ހަމައިން ނައްޓައިގެންދާވަރަށް ކަންބޮޑުވުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ