- Advertisement -ad image

ކަނޑުވިއްކުމާ ދެކޮޅު އެއްވުމުގައި ބައިވެރިނުވާން ގާސިމް ވިދާޅުވީ، ވަޒީރުކަމުން ނަހުލާ ވަކިކޮށްފާނެ ކަމުގެ ބިރަށް!

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު މައްސަލާގައި “ފޯޅަވަހި ކޯލިޝަނުން” އަންނަ ހުކުރު ދުވަހު ބާއްވާ އެއްވުމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އެއްވެސް މެމްބަރަކު ބައިވެރިނުވުމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެޕާޓީގެ ކައުންސިލް މެމްބަރުންނާއި ލީޑަޝިޕް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ގާސިމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ހުކުރު ދުވަހު ފޯޅަވަހީގެ މައްސަލައިގައި ސަރުކާރާ ދެކޮޅަށް ރާވާފައިވާ މުޒާހަރާގެ މިސްރާބާއި ނަތީޖާއަކީ ކޮބައިކަން ލީޑަޝިޕްގެ ގިނަ މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
އް ޖޫންގެ މުޒާހަރާގައި ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުން ބައިވެރިވެ ވަޑައިނުގަތުމަކީ އަޅުގަނޑުގެ އިހުލާސްތެރި ނަސޭހަތާއި އަދި އިލްތިމާސް އެކެވެ.،” ޤާސިމުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ޤާސިމް ވިދާޅުވީ މީގެ ކުރިން ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމާ ދެކޮޅަށް އެއިރުގެ އިދިކޮޅު ފަރާތްތަކުން 1 މޭ 2015 ވަނަ ދުވަހުގައި ބޭއްވި “މޭޑޭ މުޒާހަރާ”ގެ ނަތީޖާ ނުކުތީ ބޭނުންވި ގޮތާ ވަރަށް ތަފާތުކޮށްކަމަށާއި، އެއިރު އެ މުޒާހަރާގައި ބައިވެރިނުވާން ޖުމްހޫރީ ޕާޓީން ނިންމީވެސް ނަތީޖާ ގޯސްވެދާނެކަމަށް ލަފާކުރެވޭތީ ކަމަށެވެ.
އެ އެއްވުމުގައި ބައިވެރި ނުވުމަށް ގާސިމް އެދިވަޑައިގެންނެވި އިރު، ޖޭޕީގެ ބައެއް ބޭފުޅުން ވަނީ ފޯޅަވަހި ކޯލިޝަނާ އެކު މަސައްކަތްތަކެއް ވެސް ކުރައްވާފައެވެ. އަދި އެކި މުނާސަބަތުތަކުގައި މި މައްސަލާގައި ސަރުކާރުގެ ސިޔާސަތަށް ޤާސިމް ދަނީ ފާޑުވިދާޅުވަމުންނެވެ.
ރިޔާސީ ކެންޑިޑޭޓަކަށްވެ ހުރެވެސް މިއަދުވެސް ގާސިމް ބިރުފުޅު ގަންނަނީ ރިޔާސީ އިންތިހާބަށް މިއޮތް ހަތަރު މަހުގައިވެސް ޓުރާންސްޕޯޓު މިނިސްޓަރު ކަމުގައި ހުންނެވި އަނބިކަނބަލުން ނަހުލާއަށް ވަޒީރުކަން ގެއްލި ދާނެތީ ކަމަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ