- Advertisement -ad image

ކަރަންޓް ކެނޑިފައިވާ ސަރަހައްދުތަކަށް ކަރަންޓް ދިނުމަށް ދެގަޑިއިރު ހޭދަވާނެ: ސްޓެލްކޯ

ad image

ގުޅުންހުރި ލިޔުންތައް


ކޭބަލެއް ބުރިވެ ދިމާވި މައްސަލާގައި ކަރަންޓް ކެނޑިފައިވާ ޓަވަރުތަކަށް ކަރަންޓްދޭން ދެގަޑިއިރު ހޭދަވާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ކޮނުމުގެ ތެރޭގައި ކޭބަލެއް ބުރިވެގެން ހުޅުމާލެ ފޭސް ދެއަކުން ކަރަންޓް ކެނޑިފައިވާތާ މިހާރުވެސް ވަނީ ގަޑިއެއްހާއިރުވެފައެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭ ދެވަނަ ފޭސް އިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ވިނަރެސް ފްލެޓްތަކާއި ދިމާލުން ކޮނުމުގެތެރޭ ޑިސްޓްރުބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށެވެ.
އަދި ކޭބަލަށް ލިބުނު ގެއްލުމާއި ގުޅިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބޮޑު ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓު ދެވިފައި ކަމަށާއި ގެއްލުން ވެފައިވާ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެކޭބަލާއި ގުޅިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމަށް 2 ގަޑި އިރެއްހާއިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
ކޭބަލަށް ލިބުނު ގެއްލުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން މިހާރު ކަރަންޓުގެ ހިދުމަތް ނުލިބިވަނީ ގެއްލުން ލިބުނު ކޭބަލާއި ގުޅިފައިވާ ހިޔާގެ ޓަވަރު 1 އިން 8 އަށް ކަމަށްވެސް ސްޓެލްކޯއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ