- Advertisement -ad image

މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ހާއްސަކޮށް ހުޅުމާލެ އާއި މާލޭގައި ބަހުގެ ޚިދުމަތް ފަށަނީ

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސްކޫލްތަކުގެ މުވައްޒަފުން އަދި ކައުންސިލްގެ ބަސް ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް 01 ޖޫން 2023 ގައި ފެށުމަށް ނިންމައިފިއެވެ.

މި ޚިދުމަތާއި ގުޅިގެން ކައުންސިލުން ކުރި އިޢުލާނުގައި ވަނީ ކައުންސިލްގެ ބަސްދަތުރު ތަކާއި ގުޅޭގޮތުން ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާއިން ފާސްކުރައްވާފައިވާ އުސޫލު https://www.gazette.gov.mv/iulaan/243133 ހިމަނާފައެވެ.

މި އުސޫލަށް ދެވިފައިވާ ނަމަކީ ހުޅުމާލޭއާއި މާލޭގައި ސިޓީ ކައުންސިލުން ބަހުގެ ޚިދުމަތް ދިނުމާގުޅޭ

އުޞޫލު” މިހެންނެވެ.

މާލެސިޓީ ކައުންސިލުން މިފަށާ ބަހުގެ ޚިދުމަތުގެ މަޤްޞަދަކީމާލެއާއި ހުޅުމާލޭގައި ދިރިއުޅޭ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި އެހެނިހެން އޮފީސްތަކުގެ މުވައްޒަފުން އުފުލުމުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ދިނުން ކަމަށް ކައުންސިލުން ހާމަކުރެއެވެ.

މާލެ އަދި ހުޅުމާލޭގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުންދޭ ބަހުގެ ޚިދުމަތަކީ 24 ގަޑިއިރުގެ ހިދުމަތެކެވެ. އެގޮތުން ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް 24 ގަޑިއިރު ދަތުރު ކުރާނެއެވެ. އަދި ޝެޑިއުލްގެ ބޭރުން އިތުރަށް ހަމަޖައްސާ ދަތުރު ތަކަކީވެސް 24 ގަޑިއިރުގެ ޚިދުމަތެކެވެ. އުސޫލުގައިވާގޮތުން ކޮންމެ ގަޑިއެއްގައި ދަތުރަކަށް އެދުނު ކަމުގައި ވިޔަސް އެ ޚިދުމަތް ލިބިގެންދާނެއެވެ.

ބަހުގެ ޚިދުމަތާއި ގުޅޭގޮތުން ކައުންސިލްގެ 104 ވަނަ ރަސްމީ އާއްމު ޖަލްސާގައި މޭޔަރ މުޢިއްޒު ވިދާޅުވީ މި ޚިދުމަތް ތަޢާރަފް ކުރަން ނިންމީ ކައުންސިލްގެ މުވައްޒަފުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ކުން ވެސް މާލެ އަންނަން ޖެހުމާއިއެކު މިކަމަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 3 ސްކޫލްގެ މުވައްޒަފުންނަށްވެސް ކައުންސިލް ބަހުގައި ދަތުރު ކުރެވޭނެ ކަމަށާއި، ޕްރައިވެޓް ހަޔަރގެ ގޮތުގައި ވެސް ޚިދުމަތް ދެވޭގޮތަށް ކައުންސިލުން އުސޫލު ފާސްކޮށްފައިވާ ކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މާލެ އާއި ހުޅުމާލޭގައި ތަޢާރަފްކުރާ ބަހުގެ ޚިދުމަތް ދެ ގިންތި އަކަށް ބަހާލެވޭނެއެވ.ެ އެއީ ފަސިންޖަރުން ދަތުރުކުރާ ބަސްތަކާއި ޚާއްޞަ ދަތުރުތައް ކުރާ ބަސް ތަކެވެ. ބަހުގެ ޚިދުމަތަށް ދަތުރުތަކަށް އަގުނެގުން ދެ ގިންތިއަކަށް ބަހާލެވޭނެއެވެ. އެއީ އޮފީސްތަކުން އެދިގެންކުރާ ދަތުރުތަކަށް ނަގާފައިސާއާއި ހުސްޖާގަ އޮވެގެން ޢާއްމުންގެ ފަރާތުން އަރާ ފަރާތްތަކުގެ އަތުން ނަގާ އަގެވެ.

ބަހުގެ ޚިދުމަތް ބޭނުންކުރާ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންއަތުން ފީނެގުމެއް ނޯންނާނެއެވެ. ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ބަހުގައި ދަތުރުކުރެވޭނީ ބަސްކާޑު ހިފައިގެންނެވެ.
ބޭނުންނަމަ ކޮންމެ ދަތުރެއްގެ ކޮޅަކަށް އެ އޮފީހަކުން ދައްކަންޖެހޭ އަދަދަށް އުސޫލުގައިވާ ފަދައިން ފައިސާ ދެއްކުމުން ދަތުރު ކުރެވޭނެއެވެ.

މި އުޞޫލުގެ ދަށުން އެއްވެސް އަގަކާނުލާ ހިލޭ ސާބަހަށް ބަހުގައި ދަތުރު ކުރެވޭނެ ފަރާތްތަކަކީ:

އުމުރުން 65 އަހަރުން ފެށިގެން ދޮށީ އުމުރުގެ ބޭފުޅުން.

އެންސްޕާގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް.

އުމުރުން 6 އަހަރުން ދަށުގެ ކުޑަކުދީން.

މާލެ ސިޓީ ކައުންސިލްގެ ބަހުގެ ޚިދުމަތާއި ގުޅޭގޮތުން އާންމު ކޮށްފައިވާ އުސޫލަށް ބަދަލުގެނެވޭނީ ނުވަތަ އުސޫލު އުވައިލެވޭނީ ސިޓީ ކައުންސިލްގެ ރަސްމީ ޢާއްމު ޖަލްސާއަށް ހުށަހަޅައ،ި ޖަލްސާގެ އަޣްލަބިއްޔަތުން ފާސްކޮށްގެން ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ