- Advertisement -ad image

ގައްސާން ވިދާޅުވެ ދެއްވީ ކަނޑުވިއްކުމާއި ދެކޮޅު އެއްވުމުގައި ކޮންމެ ރައްޔިތަކުވެސް ބައިވެރާންޖެހޭ ސަބަބު!

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާތީ ހުކުރު ދުވަހު ބާއްވާ އެއްވުމުގައި ކޮންމެ ދިވެހި ރައްޔިތަކުވެސް ބައިވެރިވާން ޖެހޭ ސަބަބު ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫނު ވިދާޅުވެ ދެއްވައިފިއެވެ.
ހިރާސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގައްސާން ވިދާޅުވީ، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ހިލާފަށް ކުރެވޭ ކަން ކަމަށް ފަރުދީ ގޮތުން ހިތްހަމަ ނުޖެހުން އޮތްކަން ދެއްކުމަށް މި އެއްވުމުގައި ކޮންމެ ދިވެއްސަކުވެސް ބައިވެރިވާން ޖެހޭ ކަމަށެވެ.
އަދި ކަނޑުން ބައެއް ގެއްލިގެން ދިއުމަކީ ދިވެހި މަސްވެރިންނަށް ނިކަމެތިކަން ލިބޭނެ ކަމަކަށް ވާއިރު މިކަމުގައި އަޑުއުފުލުމަކީ ކޮންމެ ދިވެއްސެއްގެވެސް ހައްގެއް ކަމަށް ގައްސާން ވިދާޅުވިއެވެ.
ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދުގެ ފަރާތުން ބާއްވާ މި އެއްވުމުގައި ވީހާވެސް ގިނަ ރައްޔިތުނަ ބައިވެރިވުމަށް އެ އިއްތިހާދުން އެދެއެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސްއާއި ރާއްޖޭގެ މެދުގައި ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިންވަކިކުރި މައްސަލާގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމާ ގުޅިގެން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމަށް ތާއީދުކުރަން ނިންމާފައިވާ 3 ޕާޓީ ފިޔަވައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއް ވަނީ އެއްގަލަކަށް އަރާފައެވެ.
ކަނޑު ވިއްކުމާއި ދެކޮޅަށް ބާއްވާ އެއްވުން އޮންނަނީ 2 ޖޫންވާ ހުކުރު ދުވަހުގެ ރޭ 20:00 ޖަހާއިރު ކާނިވާ ސަރަހައްދުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ