- Advertisement -ad image

ކަނޑު ވިއްކުމާ ދެކޮޅު ޕެޓިޝަނުގައި ބައިލައްކައަަށްވުރެ ގިނަ މީހުން ސޮއިކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ ކަނޑުގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުން ބޮޑު ބައެއް ގެއްލުވާލާފައިވާ މައްސަލާގައި އެކުލަވައިލި ކަނޑުވިއްކާލުމާ ދެކޮޅު އިއްތިހާދުން ކުރިއަށް ގެންދާ ޕެޓިޝަނުގައި 60،000 އަށް ވުރެ ގިނަ ފަރާތަކުން ސޮއި ކޮށްފައިވާކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެ އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ ސަރަޙައްދުން ބައެއް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ސިއްރު ސިޓީފުޅަކުން ދިވެހިންނަށް ނޭނގި އެހެން ޤައުމެއްގެ ބަޔަކަށް ވިއްކާލާފައިވާކަމަށާއި، އެކަމާ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމަށެވެ.
އަދި އެކަމުގެ ސަބަބުން ޤައުމީ މަސައްކަތެއްގެ ގޮތުން ދިވެހިރާއްޖޭގެ ސިޔާސީ ގިނަ ޕާޓީތަކަކާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބައެއް ވަރުގަދަ ލީޑަރުންނާއި އާއްމު ދިވެހި ރައްޔިތުންނާ އެކީ އެކަމާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަކަމަށް ޝިޔާމް ވިދާޅުވިއެވެ.


ޝިޔާމް ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އޮންނަ ޖަލްސާގައި ރައްޔިތުންނާ މުޚާތަބުކޮށް އިއްތިހާދާ އެކީ މަސައްކަތްކުރައްވާ ވަރަށް ގިނަ ފަރާތްތަކެއްގެ ވާހަކަތަކާއި މަސްވެރިންގެ ވާހަކަތައް އަޑުއިވިގެން ދާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ