- Advertisement -ad image

ތިން ބާރު ވަކިވެފައިވާ ސިޔާސީ ނިޒާމެއް ރާއްޖޭގައި ގާއިމުކުރީ ވެރިން ހިތުހުރި ގޮތަކަށް ކަންތައް ކުރިޔަ ނުދިނުމަށްޓަކާ: ރައީސް ވަހީދު

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖޭގައި ތިން ބާރު ވަކިވެފައިވާ ސިޔާސީ ނިޒާމެއް ގާއިމުކޮށްފަ މިއޮތީ، ދިވެހިރާއްޖޭގެ ވެރިންނަށް ތިބޭ މީހުންނަށް އެމީހުން ހިތުހުރި ގޮތަކަށް ކަންތައް ކުރިޔަ ނުދިނުމަށްޓަކާ ކަމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޗާގޯސްއާއި ރާއްޖެއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުން، ފުށުއަރާ ބައިގެ އިން ކަނޑައެޅި މައްސަލައާ ގުޅޭގޮތުން ޗެނަލް13ގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވަހީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް، އެހެން ބަޔަކަށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އެކަނި ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ރާއްޖޭގެ ކަނޑުގެ ބައެއް ދޫކޮށްލުމަކީ، ރައްޔިތުންގެ މަޖިލީހާ މަޝްވަރާ ނުކުރައްވައި، ރައީސްއަށް ކުރެއްވޭނެ ކަމެއް ނޫން ކަމުގައިވެސް ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީީސް ވަހީދު ވިދާޅުވީ، މި ސަރުކާރުގެ ވެރިންގެ ހިތްތަކުގައި ދިވެހި ގައުމާ މެދުގައި އެއްވެސް ލޯތްބެއް ނެތް ކަމަށާއި، ގައުމުގެ ބައެއް އެހާ ފަސޭހައިން ދޫކޮށްލާނީ، އެ ގައުމިއްޔަތުގެ ކަންފުޅެއްވެެސް ނެތުމުން ކަމަށެވެ.

ޗާގޯސް މައްސަލައިގައި ކަންބޮޑުވުންފާޅު ކުރުމަށް މިރޭ ބާާއްވާ ޖަލްސާ، 8:30ގައި، ކާނިވާ ސަރަހައްދުގައި އޮންނާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ