- Advertisement -ad image

މިރޭގެ ޖަލްސާގައި ރައީސް ޔާމީނު ތަގުރީރު ކުރައްވާނެ!

ad image

ގުޅުންހުރި ލިޔުންތައް


މިރޭ ބާއްވާ ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑުގެ ޖަލްސާގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު އަދި ޕީޕީއެމްގެ ރައީސް، ރައީސް ޔާމީނު ތަގުރީރު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދުން މިރޭ ބާއްވާ ޖަލްސާ އޮންނާ 9 ޖަހާއިރު ކާނިވާ ސަރަހައްދުގައެވެ. މިރޭގެ ޖަލްސާގައި ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރު ވާހަކަ ދައްކަވާނެއެވެ. އަދި އެމްއެންޕީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރުވެސް ވާހަކަފުޅު ދައްކަވާނެ ކަމަށް އެ އިއްތިހާދުން ބުނެއެވެ.
އަދި ފިކުރެއްގެ ދިރުމުގެ ފަރާތުން މިޖަލްސާގައި ވާހަކަފުޅު ދައްކަވާނީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެއެވެ. އަދި ޖުމުހޫރީ ޕާޓީ ތަމުސީލު ކުރައްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންވެސް މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވާ ގޮތަށް ހަމަޖެހިފައިވެއެވެ.


މިޖަލްސާގައި ވީހާވެސް ގިނަ ދިވެހި ރައްޔިތުން ބައިވެރިވުމަށް ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ