- Advertisement -ad image

މިރޭގެ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުން ގާނޫނާ ހިލާފު ކަންތައްތަކެއް ހިންގުމަށް ދަނީ ރާވަމުން: ފުލުހުން

ad image

ގުޅުންހުރި ލިޔުންތައް


ކަނޑުވިއްކާލުމާއި ދެކޮޅު އިއްތިހާދުން މިރޭ ބޭއްވުމަށް ނިންމާފައިވާ އެއްވުމުގެ ބައިވެރިން ގާނޫނާ ހިލާފު ކަންތައްތަކެއް ހިންގަން ރާވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ހަވީރު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖަލްސާއަށް އެހެން ރަށްރަށުން ވެސް މާލެއަށް މީހުން އަންނަ ކަމަށާއި ބައެއް ފަރާތްތަކުން ގާނޫނާ ހިލާފު އަމަލުތައް ކުރުމަށް ރާވަމުންދާ ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާގައި ގާނޫނާ ހިލާފު އަމަލު ކުރަން ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެފަދަ އެއްވެސް ކަމެއް ނުކުރަން އިންޒާރު ދީފައެވެ.
“ މިރޭ ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ހަރަކާތުގައި ބައިވެރިވުމަށް އަތޮޅުތެރެއިން މީހުން އަންނަކަމަށާއި، މިހަރަކާތުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ގާނޫނާއި ހިލާފު އަމަލުތައް ހިންގުމަށް ރާވަކުންދާކަމާއި އަދި ބައެއް ފަރާތްތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގާނެ ކަމަށް ބުނަމުންދާކަމުގެ މައުލޫމާތު މި ހިދުމަށް ވަނީ ލިބިފައި “ ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން މި ހަރަކާތުގައި އާންމު ސުލްހައަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރުމަށާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކުރިއަށް ގެންދިއުމަށާއި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ