- Advertisement -ad image

ކަނޑުގެ ސަރަހައްދު ގެއްލުމުން ދެން ކުރާނެ ކަމެއް ނެތޭ ސަރުކާރުން ބުނުމަކީ ދިވެހިންނަށް ކުރާ މަލާމާތެއް: ޑރ މުނައްވަރު

ad image

ގުޅުންހުރި ލިޔުންތައް


ކަނޑުގެ ސަރަހައްދު ގެއްލުމުން ދެން ކުރާނެ ކަމެއް ނެތޭ ސަރުކާރުން ބުނާތީ އެ ބުނުމަކީ ދިވެހިރައްޔިތުންނަށް ކުރާ މަލާމާތެއްކަމުގައި ޑރ މުހައްމަދު މުނައްވަރު ސިފަކުރައްވައިފިއެވެ.
ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދުން މިރޭ ކާނިވަލުގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ބަންޑާރަ ނައިބު ޑރ މުނައްވަރު ވިދާޅުވީ، ކަނޑުގެ ސަރަހައްދުތަކުގެ ޤާނޫނުގައި ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ ގޮތުގައި 200 ނޯޓިކަލް މޭލު ކަނޑައަޅާފައިވަނީ އެފަދައިން ކަނޑައެޅުމުގެ އިޚުތިޔާރާއި ބާރު ދިވެހި ދައުލަތަށް އޮތުމުން ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ ރާއްޖޭގެ ދެކުނުން މީހުން ދިރިއުޅޭ ޤައުމެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ގޮތަށް ނެތް ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ސަރުކާރަށް ޑިމާންޑު ކުރަނީ، މަސްއޫލިއްޔަތު އަދާކުރުމަށް ކަމަށާއި ދިވެހިރާއްޖެގެ ސަރަހައްދު އޭގެ ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނުން ކަނޑައަޅާފައި އޮތް ގޮތް އިމުގެ ތެރޭގައި ދަމަހައްޓައި ދިނުމަށް ކަމަށްވެސް ޑރ މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވަނީ ކަނޑު ދޫކޮށްލެވިފައި އޮތީ އިހުމާލަކުން ކަމަށް ގަބޫލު ކުރެވެން ނެތް ކަމަށާއި އޭގެ ސަބަބުތައް ވެސް ވަރަށް ސާފު ކަމަށެވެ.
“ޗާގޯސްއަކީ މީހުން ދިރިއުޅޭ ތަނެއް ނޫން. އެއީ އިނގިރޭސިންގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް ތަނެއް. ބައިނަލްއަޤުވާމީ ޤާނޫނުގައި މީހުން ދިރިނޫޅޭ ތަނެއްގެ އާކިޕެލެޖެކަލް ބޭސްލައިން ކަނޑައަޅައި ޒޯނުތަކެއް ކުރެހޭނެ އެއްވެސް ގޮތެއް ނޯންނާނެ.،” ޑރ.މުނައްވަރު ވިދާޅުވިއެވެ. މުނައްވަރު އިތުރަށް ވިދާޅުވީ އެކަން އެނގިވަޑައިނުގަންނަވަނީ ބަންޑާރަނައިބު އިބްރާހީމް ރިފްއަތަށާއި އޭނާ މި މައްސަލާގައި ރާއްޖެ ތަމްސީލުކުރަން އިޚުތިޔާރުކުރެއްވި ޤާނޫނީ ވަކީލުންނަށް ކަމަށެވެ.
ރާއްޖޭގެ ދެކުނު ޗާގޯސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓްލޮސް އިން ނިންމީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި މޮރިޝަސް އަށް 45،331 އަކަކިލޯ މީޓަރުގެ ސަރަހައްދެއް ދޭށެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ