- Advertisement -ad image

ގެއްލިގެން ދިޔައީ ރާއްޖޭގެ ސިޔާދަތުގެ ތެރޭގައިވާ ބޮޑު ތަނެއް މިއީ މަޑުން ތިބެވޭނެ ވަގުތެއް ނޫން: ނާޒިމް

ad image

ގުޅުންހުރި ލިޔުންތައް


ގެއްލިގެން ދިޔައީ ރާއްޖޭގެ ސިޔާދަތުގެ ތެރޭގައިވާ ބޮޑު ތަނެއް ކަމަށާއި އެހެންކަމުން މިއީ މަޑުން ތިބެވޭނެ ވަގުތެއް ނޫން ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދުން މިރޭ ކާނިވަލުގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވީ، ރާއްޖެ މިނިވަންވިތާ 50 އަހަރު ވެގެން ދިޔައިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް އޭރު ވެރިކަމުގައި ތިބި އެއްވެސް ބޭފުޅަކު ދޫކޮށް ނުލައްވާ ކަމަށާއި ނަމަވެސް މިއަދުގެ ސަރުކާރުން ފޮނުވާލި ސިޓީއަކުން ބޮޑު ގެއްލުމެއް ރާއްޖޭގެ މަސްވެރިންނަށާއި ދިވެހިންނަށް ލިބިގެން ގޮސްފައިވާ ކަމަށެވެ.
އަދި އިދިކޮޅު ފަރާތްތަކުން އެކަތިގަނޑަކަށް ވެގެން މިހާރުގެ ސަރުކާރު ބަލި ކޮށްލާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، މީގެ ކުރިން އައްޑޫސިޓީ ގަން ވެސް އިނގިރޭސިންނަށް ދިނީ ކުއްޔަށް ކަމަށާއި ނަމަވެސް މިހާރު ފެނިގެން މި ދިޔައީ ވަރަށް ކުޑަކުޑަ އެއްޗެއް ލިބޭނެ ކަމަށް ބަލައިގެން ކަނޑުގެ ބޮޑު ސަރަހައްދެއް ދޫކޮށްލި މަންޒަރު ކަމަށެވެ.

އަދި މިހާރު ފެނިގެން ދަނީ ކުރެވުނު ގޯސް ކަންތައް، މީޑިއާތަކަށް ފައިސާ ދީގެން ފޮރުވަން މަސައްކަތް ކުރާ މަންޒަރު ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ