- Advertisement -ad image

އަޅުގަނޑުމެންގެ ހަޔާތުގައި އަލަށް ވަރަށް ނުރައްކާތެރި ނިންމުމެއް މި ސަރުކާރުން ނިންމައިފި: ވައްޑެ

ad image

ގުޅުންހުރި ލިޔުންތައް


އަޅުގަނޑުމެންގެ ހަޔާތުގައި އަލަށް ވަރަށް ނުރައްކާތެރި ނިންމުމެއް މި ސަރުކާރުން ނިންމައިފި ކަމަށާއި ރާއްޖޭ ދެކުނު ކަނޑު 45،031 އަކަ މީޓަރުގެ ކަނޑު ހަމަ އަހާވެސް ނުލާ ދޫކޮށްލަން ނިންމައިފި ކަމަށް އުނގާުފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދުން މިރޭ ކާނިވަލުގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަހީދު ވިދާޅުވީ، ރާއްޖެ ކިޔަނީ ތޮށިގެން ފެށިގެން ހިކި ފަސް ތަނަކަށް ނޫން ކަމަށެވެ.
މި ރާއްޖޭގައި ވަށައިގެންވާ ފަޅަކަސް ހަލަކަސް، ގިރިޔަކަސް، ވިލަކަސް ކަނޑަކަސް އެއީ “އަޅުގަނޑުމެންގެ” ހިތާއި ގުޅިފައިވާ އަދި ކޮންމެ ދިވެއްސެއްގެ ހައްގު އެކުލެވޭ ކަމެއް ކަމަށް ޒަމާނުއްސުރެ ގަބޫލު ކުރަމުންދާ ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.
ބޭރުގެ މެޗްއަކުން މޮޅުވެގެން، ކާމިޔާބު ވެގެން ޓްރޮފީ ހިފައިގެން އައިސް ފިލި ބައެއް މި ނޫނިއްޔާ ނުދެކޭ ކަމަށް ވިދާޅުވެ ވައްޑެ ވަނީ މަލާމާތް ވެސް ކުރައްވާފައެވެ.
“ގައުމިއްޔަތެއް ބިނާކޮށްގެން މިތާ އުޅޭތާ 1،000 އަހަރުވީމި ރާއްޖޭގެ ރައްޔިތެއް ކައިރިން އަހާ ނުލާ، ގާނޫނު ހަދާ މަޖިލީހުގައި އަހާ ނުލާ، ބައްލަވާ މި ރާއްޖޭގެ ދެކުނު ކަނޑުގައި، މަސްވެރިން ބޭރު ކަނޑަށް ނުކުމެ އަބަދު ބާނަބާނާ ތިބިތަން ކުރިން އަތުން ދުރުމި އާޅާލާފައި ލައްޓި ޖަހާލާ ހިސާބު ކުއްލިއަކަށް އެހެން ގައުމެއްގެ ބަޔަކަށް، އަޅުގަނޑުމެން ދުރުމި އަޅާލާފައި ކުރަނގި ޖަހާ ހިސާބު ކުއްލިއަކަށް އެހެން ގައުމެއްގެ، އަދި އެތާ މާ ދުރުގައި އޮތް އެހެން ބައްރެއްގެ ބަޔަކަށް، އެފްރިކާ ބައްރުގެ ގައުމުގެ ބަޔަކަށް ރާއްޖޭގެ ބޮޑު ސިންގާ ސަރަހައްދެއް ހައްދަވާލައިފި،” ވައްޑެ ވިދާޅުވިއެވެ.
ފޯޅަވަހި މައްސަލައިގައި އޭޖީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

ޗާގޮސް މައްސަލައިގައި ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ޕީޕީއެމް/ޕީއެންސީ، ޖުމްހޫރީ ޕާޓީ، އެމްއެންޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ